ޕާޓިކަލްސް: ހުރިހާ ކަމެއް އެއްތަނަކުން ކުރެވޭ އޮންލައިން ޕްލެޓްފޯމެއް

ޓެކްނޮލޮޖީ ކުރިއަރާ ޒަމާނީ ފެންވަރަށް ދިވެހިންގެ ވިސްނުމާއި ރާއްޖޭގެ އިޤްތިސޯދު އަރާ ހަމަކުރާއިރު، ރާއްޖޭގައި އޮންލައިންކޮށް ކުރެވޭ ޚިދުމަތްތަކާއި ވިޔަފާރިތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.


ޕާޓިކަލްސް (paaticles.com) އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެހާ ފަރާތްތަކަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް ވިޔަފާރިކުރުމާއި، ބޭނުން އެއްޗެއް ގަނެވިއްކުމާއި ޚިދުމަތްދޭ ފަރާތްތަކަށާއި އަދި ގެދޮރު ހޯދުމާއި ވިއްކުމަށް އުފައްދާފައިވާ ވެބް ޕްލެޓްފޯމެކެވެ. މިއީ ޒުވާން ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން އެއްތާކުން ގިނަ ބޭނުންތަކެއް ކުރެވޭގޮތަށް އުފައްދާފައިވާ މަލްޓި ޕާޕޯސް ޕްލެޓްފޯމެކެވެ. ޕާޓިކަލްސް ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ރަށްތަކާއި އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް އޮންލައިންކޮށް، ހިލޭ ގުޅާލުމެވެ.

ޕާޓިކަލްސްގެ ޕްރޮމޯޝަނަލް ވީޑިއޯ

ދިވެހިންގެ ތެރެއިން ގިނަ ފަރާތްތަކެއް މިހާރު ބޭނުންކުރާ އޮންލައިން ޝޮޕިންގެ ހިދުމަތް އެއްތަނަކުން ދިނުމަށްޓަކައި ޕާޓިކްލަސްގެ ޝޮޕިންގެ އެޕް ވަނީ އެންމެހާ ވިޔަފާރިތަކަށް ރަޖިސްޓާކުރުމަށް ހުޅުވާލައިފަ އެވެ. މިހާތަނަށް 200 އަށް ވުރެ ގިނަ ދިވެހި ވިޔަފާރި ވަނީ ޕާޓިކަލްސް އަށް ރަޖިސްޓާ ކޮށްފަ އެވެ.

ޕާޓިކަލްސްގެ ޝޮޕިން އެޕުން އަންނައުނު، ރީތިވާ ސަމާނު، އިލެކްޓްރޯނިކްސް، އަދި ކުޑަކުދިންނަށް ބޭނުންވާ ތަކެތި މިހާރުވެސް ގަންނަން ލިބޭނެ އެވެ. ރާއްޖޭގައި ހިންގާ ފިހާރަ ނުވަތަ ސޯޝަލް މީޑިއާގައި ހިންގާ ވިޔަފާރިއެއް ފުޅާކޮށް، އާ ކަސްޓަމަރުން ހޯދާ، ދެފަރާތަށް ވެސް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ މި އެޕަކީ 7،000 އަށް ވުރެ ގިނަ ތަފާތު ޕްރޮޑަކްޓްސް ލިބިގެންދާނެ ތަނެކެވެ. އެގޮތުން ކަސްޓަމަރުން ބޭނުންވާ ނަމަ އެ ފިހާރަ އިން ވިއްކާ ތަކެތި އޮންލައިންކޮށް ބަލާލުމަށް ފަހު އެ ފިހާރައަކަށް ވަޑައިގެން ނުވަތަ އެ ކަސްޓަމަރެއް ބޭނުންވާ ނަމަ، ޑެލިވަރީ އަށް އެދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މިފަދަ ވިޔަފާރިތައް ކުރުމަށް ކަސްޓަމަރުންނަށް ބީއެމްއެލް އިން އޮންލައިންކޮށް ފައިސާ ދެއްކޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޕާޓީކަލްސް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރަން ބޭނުން ފަރާތްތައް އެ ވެބްސައިޓްގައި ރަޖިސްޓަ ކުރުމުން، ފިހާރަ ނުވަތަ ވިޔަފާރީގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންދާނެ އެވެ. ފިހާރައިގައި ވިއްކާ ޕްރޮޑަކްޓްސް އާއި، އޯޑަރާއި، ޕޭމަންޓް އަދި ޑެލިވާ ކުރާނެ ހުރިހާ މައުލޫމާތެއް ކަސްޓަމަރުންނަށް ދޭން ބޭނުންވާ ގޮތުގެ ބާރު ފިހާރަ ހިންގާ ފަރާތައް ލިބިގެންދާނެ އެވެ.

މި ޕްލެޓްފޯމްގައި ހިލޭ ރަޖިސްޓަކޮށް، ވިޔަފާރި ކުރުމަށް ފުރުސަތު ލިބޭއިރު ޕާޓިކަލްސްގެ "ބައި އެންޑް ސެލް" އެޕަކީ އާންމުން ސެކަންޑް ހޭންޑް ޕްރޮޑަކްޓްސް ގަނެ ވިއްކުމުގެ ވިޔަފާރި އަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ އެޕެކެވެ. އެގޮތުން ސައިކަލް، ކާރު ފަދަ ވެހިކަލްތަކާއި، ފޯން އަދި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކްސް ސާމާނު ހިމެނެ އެވެ. މި ޕެލްޓްފޯމްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އެޕް ކަމަށްވާ 'ސާވިސަސް' އެޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހިދުމަތްދޭ ފަރާތްތައް ހޯދުމަށް ފަސޭހަކަން ގެނެސްދޭ އެޕެކެވެ. އެގޮތުން ސާފުކުރުމާއި މަރާމާތުކުރުމާއި ފިޓްނަސް، މޭކަޕް، ކޭޓަރިން، ޓިއުޝަން، ފޮޓޯގްރަފީ ފަދަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް މި އެޕްލިކޭޝަންގައި ރެޖިސްޓަކުރުމުން އާންމުންނަށް އެ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ފުރުސަތު ލިބެ އެވެ.

އެޕާޓްމަންޓް، އޮފީސް ނުވަތަ ފިހާރައެއް ހިންގާނެ ޖާގައެއް ހޯދުމަށް ދިވެހިންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެފަދަ ކަންތައްތަކަށް ލުޔެއް ގެނެސްދިނުމަށް ޕާޓިކަލްސްގެ 'ހައުސިން' އެޕް މެދުވެރިކޮށް މިފަދަ ތަންތަން ބަލާލުން ވާނީ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށެވެ. އެގޮތުން ޕާޓިކަލްސްގައި ރެޖިސްޓާ ކުރުމުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުއްޔަށް ދޭ ނުވަތަ ވިއްކާ އިމާރާތްތައް ފެންނާނެ އެވެ. އޭގެ އިތުރުން ލީސް އަށް ދޫކުރާ ތަންތަން ވެސް ލިސްޓުކޮށްފައި ހުންނާނެ އެވެ.

މި ހުރިހާ ހިދުމަތެއްގެ އިތުރުން ޕާޓިކަލްސް އިން ވަނީ ކުރިޔަށް އޮތް އަހަރު ތެރޭ އިތުރު އެޕްތަކެއް ތައާރަފްކުރަން ނިންމައިފަ އެވެ. އެގޮތުން އޮންލައިންކޮށް ކާއެއްޗެހި އޯޑަރު ކުރުމާއި، ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ހެއްދުމާއި ބިލްޕޭ، ފެރީ އަދި ލޯކަލް ހޮޓެލްސް ބުކްކުރުމެގެ ހިދުމަތް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޕާޓިކަލްސްގެ އެމްޑީ އިސްމާއީލް ޝާފިއު ވިދާޅުވިގޮތުގައި ޕާޓިކަލްސްއަކީ ދިވެހި ރާއްޖެ އަށް، ޚާއްސަކޮށް ރަށްރަށުގެ ދިރިއުޅޭ ބޭފުޅުންނަށް ރަށުގަ ތިބެގެން ވިޔަފާރި އާއި އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށް ދިނުމަށް ފެށި ސޮފްޓްވެއާ ކުންފުންޏެއް ކަމަށެވެ.

"މިކަން ހާސިލް ކުރުމަށް ހުރިހާ ބޭފުޅުންގެ ޚިޔާލުތައް އަޅުގަނޑުމެންނަށް ހިއްސާ ކުރުމަކީ މުޅި ޓީމުގެ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވި އެވެ.

ޕާޓިކަލްސް އަކީ މިހާރު ވެސް ތަފާތު އެތައް ސޮފްޓްވެއާ ސޮލިއުޝަންސް ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މީގެތެރޭގައި ކަސްޓަމައިޒް ބިޒްނަސް ސޮފްޓްވެއާސް، ވެބް އެޕްލިކޭޝަންސް އަދި މޮބައިލް އެޕްސް ޑިވެލޮޕް ކުރުމުގެ ޚިދުމަތް ދެ އެވެ.