ޓްރަމްޕްގެ ފާޑުކިޔުން އަނެއްކާވެސް ފެޑަށް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުން އަނެއްކާވެސް އެމެރިކާގެ މަރުކަޒީ ބޭންކް ފެޑެރަލް ރިޒާވް (ފެޑް) އަށް އަމާޒުވެއްޖެ އެވެ.


އެމެރިކާގެ ސެންޓްރަލް ބޭންކް ފެޑެރަލް ރިޒާވުން ބޭންކުތަކުގެ އިންޓްރެސްޓް ރޭޓް ބޮޑުކޮށްފައިވަނީ 0.25 ޕަސެންޓުން 2.25-2.5 ޕަސެންޓާ ދޭތެރޭގަ އެވެ. މި ބަދަލު ގެނައި ނަމަވެސް ކުރިއަށް އޮތްތަނުގައި އަވަސް އަވަހަށް އިންޓްރެސްޓް ރޭޓަށް ބަދަލު ނުގެންނާނެ ކަމަށް ފެޑެރަލް ބޭންކުން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތުދެމުން ޓްރަމްޕް ވިދާޅުވީ، ފެޑެރަލް ރިޒާވުގެ ސެކްރެޓަރީ ސްޓީވަން މަނޫޗިން އަކީ ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދި އެމެރިކާގެ ކުންފުނިތަކަށް ވެސް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އިންޓްރެސްޓް ރޭޓް ބޮޑު ކުރެވިގެންދިޔައީ މާ އަވަހަށް ކަމަށާއި އެކަން ވަރަށް އަވަހަށް މަރުކަޒީ ބޭންކަށް އިހުސާސް ކުރެވޭނެ ކަމަށް ވިދަޅުވި އެވެ.

އިންޓްރެސްޓް ރޭޓް ބޮޑު ކޮށްފައިވާ އިރު އެމެރިކާގެ ސްޓޮކް އެކްސްޗޭންޖް ވަނީ މިދިޔަ ހަފްތާގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ގައުމުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިލުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް އެމެރިކާގެ ސެންޓްރަލް ބޭންކަށް ފާޑު ވިދާޅުވެފަ އެވެ.

މިބަދަލާ އެކީ އެމެރިކާގެ ބޭންކުތަކުން ލޯނު ނެގުމުގެ އަގުބޮޑުވެގެންދާނެ އެވެ. އެހެންވެ މާލީ ދާއިރާގެ އިތުރުން ހައުސިން ދާއިރާގެ ކުރިއެރުމަށް މަޑުޖެހުމެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.