އާ އުސޫލުތަކާ ހެދި ބިލް ގޭޓްސްގެ ނިއުކްލިއަ އެނާޖީ ކުންފުންޏަށް ގޮންޖެހުން

އެމެރިކާ ސަރުކާރުގެ އާ ގަވައިދުތަކާއި އުސޫލުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ މަޝްހޫރު މަހުޖަނު ބިލްގޭޓްސްގެ ނިއުކްލިއާ އެނާޖީ ކުންފުންޏަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.


ޓެރާޕަވާ ކުންފުނީގެ ޗެޔާ އަކީ މައިކްރޮސޮޕްޓްގެ ކޯ-ފައުންޑާ ބިލް ގޭޓްސް އެވެ. އެކުންފުންނިން ބޭނުންވާ އެނާޖީގެ އާ ޓެކްނޮލޮޖީތައް ޓެސްޓް ކުރުމަށް މަސައްކަތް ފަށާފައިވާ އިރު އެކަން ކުރާނެ ކުންފުންޏެއް އަންނަނީ ހޯދަމުންނެވެ. އަދި އެކަން ކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދަން މަސައްކަތް ކުރި ނަމަވެސް ޗައިނާގެ ކުންފުނިތަކާ އެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދަން އެމެރިކާގެ ކުންފުނިތަކަށް ހުރި ހުރަސްތަކުގެ ސަބަބުން ޓެރާޕަވާއަށް ވަނީ އެކަން ކުރެވޭ ގޮތް ނުވެފަ އެވެ.

ޗައިނާ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއް ކަމުގައިވާ ޗައިނާ ނޭޝަނަލް ނިއުކްލިއާ ކޯޕަރޭޝަނާ އެކު ނިއުކްލިއާ ރިއެކްޓައް އުފައްދަން މިދިޔަ އަހަރު ޓެރާޕަވާއިން އެއްބަސްވި އެވެ. ނަމަވެސް ޗައިނާގެ ކުންފުނިތަކާ އެކު ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިކަން ހޯދާ، އެކީގައި މަސައްކަތް ކުރުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވާ ކަމަށް ބިލް ގޭޓްސްގެ ވަނީ ހާމަކޮށްފަ އެވެ.

މިކަން ކުރުމަށްޓަކައި ހުރި އެހެން ފުރުސަތުތައް ބަލަމުން އަންނަ ކަމަށް ޓެރާޕަވާ އިން ބުންޏެވެ. އަދި އެކަން ކުރެވޭނެ އެހެން ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. ޓެރާޕަވާ އިން މަސައްކަތް ކުރަނީ ޔުރޭނިއަމް ފިއުލްގެ ގޮތުގައި ބޭނުންކޮށްގެން ރައްކާތެރި، އަގު ހެޔޮ ހަކަތަ އުފެއްދުމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެނާޖީ އިން ވަނީ ނިއުކްލިއަ ޑީލްތައް ޗައިނާގެ ކުންފުނިތަކާ އެކު ހެދުމަށް އިތުރު ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.

އެމެރިކާ އާއި ޗައިނާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް ދެގައުމުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި އެކަން ކުރުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ. މިހާރު ހުރި މައްސަލަތަކާ ހެދި ދެ ގައުމުގެ ޓެރިފް ބޮޑުކުރުމުން ދެ ގައުމަށް ވެސް އަންނަނީ ގެއްލުންވަމުންނެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ