ރިއާނާގެ ފެންޓީ ބިއުޓީން 50 ޝޭޑެއްގެ ކޮންސީލާ ނެރެން ތައްޔާރުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ކޮސްމެޓިކް ބްރޭންޑް ފެންޓީ ބިއުޓީން 50 ޝޭޑެއްގެ ކޮންސީލާ ނެރެން ތައްޔާރުވެއްޖެ އެވެ.


އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި، މި ކޮންސީލާ ބާޒާރަށް ނެރެން ނިންމައިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެކަން ރިއާނާ ވަނީ ޓްވިޓާ އާ އިންސްޓަގްރާމްގައި ހާމަކޮށްފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ފެންޓީ ބިއުޓީ ތައާރަފުކުރި ފަހުން އެ ބްރޭންޑްގެެ ދަށުން ނެރޭ ކަލެކްޝަންތަކަަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.

އެގޮތުން މީގެ ކުރިން ވަނީ 40 ޝޭޑެއްގެ ފައުންޑޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. ފަންސާސް ޝޭޑެއްގެ އާ ކޮންސީލާތަކެއް ނެރެން ނިންމާފައިވާ އިރު، ރިއާނާ ކުރިން ވަނީ 20 ޝޭޑެއްގެ "މެޗް ސްޓިކްސް" ކޮންސީލާ ވެސް ގެނެސް ދީފަ އެވެ.

މޭކަޕަށް ލޯބިކުރާ މީހުންނަށް ފެންޓީ ބިއުޓީގެ އުފެއްދުންތައް ބޭނުން ކުރާނެ ގޮތް ކިޔައި ދޭން ރިއާނާ ވަނީ ޔޫޓިއުބް ޓިއުޓޯރިއަލްއެއް ވެސް ދާފި ފަހުން ލޯންޗްކޮށްފަ އެވެ.