ޕިއްޒާ ބޯނާ: 35 އަށް ވުރެ ގިނަ ބާވަތުގެ ޕިއްޒާއާ އެކު

ޕިއްޒާ ބޯނާއަކީ މާލޭ ސިޓީގެ ރައްޔިތުންނަށް އާ ނަމަކަށް ނުވާނެ އެވެ. އެތަނުގެ ޕިއްޒާގެ ރަހަޔަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އިރު މިހާރު 35 އަށް ވުރެ ގިނަ ބާވަތުގެ ޕިއްޒާ ލިބެން ހުރެ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ޕިއްޒާ ޑެލިވަރީ ކުރުމަށް ތައްޔާރުކޮށްފައިވާ އެޕުން އާންމުންގެ ގިނަ ބަޔަކަށް ކޮންމެ ދުވަހަކު ވެސް ހިދުމަތް ހޯދާލެވޭނެ އެވެ.


ޕިއްޒާ ބޯނާ އިން ތިން ސައިޒެއްގެ ޕިއްޒާ ތައްޔާރު ކުރެ އެވެ. އެގޮތުން ޕާސަނަލް ފިއްޒާ އާއި ރެޖިއުލާ ޕިއްޒާގެ އިތުރުން ސްކޮއާ ޕިއްޒާ ހިމެނެ އެވެ. ސްކުއާ ޕިއްޒާ އަކީ ޕާޓީތަކާއި އިވެންޓްތަކަށް ހާއްސަ ޕިއްޒާއެކެވެ.

އެމީހަކު ބޭނުންވާ ރަހަތައް ހިމަނައިގެން ކަސްޓަމައިޒް ޕިއްޒާ ތައްޔާރުކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. އެގޮތުން ޕިއްޒާ ތައްޔާރުކުރަން ތިމާ ބޭނުންވާ ގޮތް ހުށައެޅުމާއި ފައިސާ ދެއްކޭނެ ފަސޭހަ ވެސް ޕިއްޒާ ބޯނާގެ އެޕް މެދުވެރިކޮށް ހޯދެ އެވެ.

ޕިއްޒާ ބޯނާއިން ވިއްކާ ޕިއްޒާތަކުގެ އެންމެ ހާއްސަ އެއް ކަމަކީ "ޗިލީ އޮއިލް" އެވެ. އާންމު ރަހަތައް ކަމަށް ވާ ޗިކެން، ބީފް އަދި ޓޫނާ ޕިއްޒާގެ އިތުރުން އާންމުކޮށް މާލެއިން ލިބެން ނުހުންނަ ބާވަތްތައް ވެސް ތައްޔާރުކުރެ އެވެ. އެގޮތުން ޗޮކްލެޓް ޕިއްޒާ އާއި ސްވީޓްޓޫތު ޕިއްޒާ ހިމެނެ އެވެ.

ޕިއްޒާގެ އިތުރުން ތާފާތު ހަ ބާވަތްތަކުގެ ސަބްމެރިން ވެސް ޕިއްޒާ ބޯނާއިން ހަދަ އެވެ. އެގޮތުން ތަންޑޫރި އާއި ބީފް އާއި ޗިކެން އާއި ޓޫނާ އާއި ވެޖް އިތުރުން ބޯނާ ސްޕެޝަލް ސަބްމެރިން ލިބެން ހުރެ އެވެ.

ޕިއްޒާ ބޯނާ އިން ވަނީ އާންމުންގެ އިތުބާރާ އެކު ހުޅުމާލޭގައި ވެސް އައުޓްލެޓެއް ގާއިމްކޮށްފަ އެވެ. ހުޅުމާލޭގެ އައުޓްލެޓުން ވެސް ޕިއްޒާ ހިލޭ ޑެލިވަރީކޮށްދެ އެވެ. އަދި މާލެއިން ލިބެން ހުންނަ ހުރިހާ ބާވަތެއް އެތަނުން ވެސް ލިބޭނެ އެވެ.

ޑެލިވަރީ ކުރުމަށް ހުޅުމާލެ ނަމަ ގުޅާނީ 3359779 އަށެވެ. މާލެ ނަމަ 3009779 ގުޅައިގެން ޕިއްޒާ އޯޑާ ކޮށްލެވޭނެ އެވެ.

ޕިއްޒާ ބޯނާ

ލޯކަލް މަޝްހޫރު މަދު ބްރޭންޑްތަކުގެ ލިސްޓުގައި ހިމެނޭ ޕިއްޒާ ބޯނާ އިން ބުނީ ޕިއްޒާ ވިއްކާ އެހެން ތަންތަނާ ހުރި އެންމެ ބޮޑު ތަފާތަކީ އަގުތަކަށް ބަދަލެއް ނުގެނެސް އެއް ހަމައެއްގައި އަގުތައް ބެހެއްޓުމެވެ. އެހެންކަމުން ފާއިތުވެދިޔަ ފަސް އަހަރުގައި ފިއްޒާ ބޯނާ ވެފައިވަނީ އާންމުންގެ އެންމެ މަގްބޫލް އެއް ޕިއްޒާ ލިބޭ އައުޓްލެޓަށް ވެފަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ޕިއްޒާ ބޯނާ އިން މަސައްކަތް ކުރާނީ އިތުރު ރަހަތަކުގެ ޕިއްޒާތައް ކަސްޓަމަރުންނާ ހަމަޔަށް ގެނައުން ކަމަށް އެކުންފުނިން ބުނެ އެވެ. އަދި އެއް ހަމައެއްގައި އަގުތައް ހިފެހެއްޓި، ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ޕިއްޒާ ބޯނާގެ އަމާޒު ކަމަށް ވެސް ބުންޏެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ