ދިރާގުގެ މައި އޮފީސް: ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ބައެއް ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައި --ފޮޓޯ/މިހާރު
ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ދިރާގުން ބުނިގޮތުގައި އިއްޔެއިން ފެށިގެން ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިރާގު އެޕާއި މައި އެކައުންޓްގެ ޚިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އަދި ބައެއް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް ނުނެގުމުގެ މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނިގޮތުގައި ދިމާވި މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބައެއް ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ދިރާގުން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކައްމަތިން
18 January 2019
ޚިދުމަތް ކެނޑިފައިވާ ވަގުތުތަކުން ލާރިކަނޑަށް ޖެހޭނީ
ޢޭ ދިރާގޫ
17 January 2019
މަޢާފަށް އެދުމަކުން ނުފުދޭ. ޢެކަށޭނަ ބަދަލެއް. ލިބެން ޖެހޭނެ.