ސެމްސަން ގެލެކްސީ10 ވިއްކާނެ ކަމަށް ބެލެވޭ އަގުތައް ލީކްވެއްޖެ

އަންނަ މަހުގެ މެދުތެރޭގައި ސެމްސަން ގެލެކްސީ 10ގެ ފޯނުތައް ދައްކައިލަން ތައްޔާރުވަމުން އަންނަ އިރު، އެ މޮޑެލްތަކުގެ ފޯނު ވިއްކާނެ ކަމަށް ބެލެވޭ އަގުތައް ލީކްވެއްޖެ އެވެ.


ޓެކް ހަބަރުތައް ގެނެސްދޭ އިޓަލީގެ ނޫހެއް ކަމަށްވާ ޓިއުޓޯ އެންޑްރޮއިޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ 20 ހިސާބުގައި ރަސްމީކޮށް ދައްކައިލަން ނިންމާފައިވާ ސެމްސަންގެ ގެލެކްސީ10+ ވިއްކާނީ 1،816.91 ޑޮލަރަށެވެ.

އެސް10 ލައިޓް 885.20-1،055.65 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ވިއްކާ އިރު، އެސް10 ވިއްކާނީ 1055.65-1339.59 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށް އެ ނޫހުން ބުންޏެވެ.

މި އަގުތައް މީޑިއާތަކަށް ތިލަވެ، އަގުތަކާ ބެހޭ ގޮތުން ބަހުސް ކުރެވެމުން ދިޔަ ނަމަވެސް، އެ އަގުތަކަކީ އަސްލު އަގުތޯ ނޫންތޯ ވެސް ސެމްސަންގުން ދޮގެއް ނުކުރެ އެވެ. އަގުތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން އަންނަ މީހުން ބުނާ ގޮތުގައި އެޕަލްގެ އައިފޯންތަކަށް ވުރެ، ސެމްސަންގް ގެލެކްސީ އެސް10 ގެ އަގުތަކުގައި މާ ބޮޑު ފަރަގެއް ނެތެވެ.

ސެމްސަންގް ގެލެކްސީ އެސް10 އަންނަ މަހު ދައްކައިލާނެ.

ތިން މޮޑެލްގެ ފޯނު ވެސް ތަފާތު ކުލަތަކެއްގައި ލިބޭނެ އެވެ. އޭގެ ތެރޭގައި ކަޅާއި ހުދާއި ފެއްސާއި އަދި ރީނދޫ ކުލަައިގެ އިތުރުން ނަން-ސެރަމިކް ވާޝަންތަކެއް ވެސް ހިމެނޭނެ އެވެ.

ސެމްސަންގެ ގެެލެކްސީ އެސް10 އެއް އާންމުކޮށް ވިއްކަން ފަށާނީ އަންނަ މާޗް މަހުގެ ކުރީކޮޅު އެވެ.