ހެލޯ ސީކްރެޓް: އޮރިޖިނަލް މޯބައިލް ފޯނާއި އެކްސެސަރީޒަށް އެއްވަނަ

ފޯނުނަގާއިރު އެންމެ ފުރަތަމަ ވެސް ބުނެވޭ ބަހަކީ "ހެލޯ" އެވެ. އަދި ކޮންމެ ފޯނުކޯލަކީ ވެސް އޭގެ ޒާތުގައި "ސީކްރެޓް" ނުވަތަ ޒާތީ މުއާމަލާތެކެވެ. މި ދެ ކަންތައް އަސްލަކަށް ބަލައިގެން އުފަންވި ހެލޯ ސީކްރެޓް ބްރޭންޑުން ގެނެސްދޭ ހިދުމަތް ހެހާމެ ފައްކަލެވެ. އޮރިޖިނަލް މޯބައިލް ފޯނާއި މަޝްހޫރު އެތައް ބްރޭންޑެއްގެ އެންމެ ފަހުގެ ސްޓައިލިޝް އެކްސެސަރީޒް އެންމެ ހެޔޮއަގުގައި ފޯރުކޮށްދިނުމަކީ މި ބްރޭންޑުގެ ވައުދެކެވެ.


މިކަން ހާސިލުކުރުމަށްޓަކައި، ހެލޯ ސީކްރެޓް ހިންގާ މައި ކުންފުނި، މެގަކެޕިޓަލުން ވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއި ބޮޑެތި ހޯލްސޭލަރުންނާ ގުޅިފަ އެވެ. ރާއްޖޭގެ މުއާސަލާތީ ދާއިރާގައި އިސް މަގާމުތައް ފުރާފައިވާ މެގަކެޕިޓަލް ޓީމުގެ އެންމެ ބޮޑު ބޭނުމަކީ ހެލޯ ސީކްރެޓުން ވިއްކާ ކޮންމެ ޕްރޮޑަކްޓަކީ އޮރިޖިނަލް އުފެއްދުމެއްކަން ކަށަވަރު ކުރުމެވެ.

ޗާންދަނީމަގު ސޮނީ ސްޕޯޓްސް އާ ޖެހިގެން ހުންނަ މި ފިހާރައިން އެޕަލް، ސޭމްސަންގް، ވާވޭ އާއި ޒިއޯމީ ފަދަ ބްރޭންޑުތަކުގެ އެންމެ ފަހުގެ އޮރިޖިނަލް ފޯނު ލިބޭނެ އެވެ.

މި ފިހާރައިން ލިބެން ހުންނަނީ އޮރިޖިނަލް ފޯނު --ފޯޓު:ހުސައިން ވަހީދު/މިހާރު

ހެލޯ ސީކްރެޓުން ވިއްކާ އެކްސެސަރީޒް ބްރޭންޑްތަކަކީ ދުނިޔޭގެ ސަތޭކައަށް ވުރެ ގިނަ ގައުމުގައި މަގުބޫލުކަން ހޯދާފައިވާ ކޮލިޓީ ބްރޭންޑްތަކެކެވެ. އޭގެ ތެރޭގައި އެޕަލް އާއި ސެމްސަންގުގެ އިތުރުުން، މޮބައިލް އެކްސެސަރީޒް އަށް ހާއްސަ ބްރޭންޑްތައް ކަމުގައިވާ ބޭސްޔޫއެސް، އަވޭއީ އަދި ރިމެކްސްގެ އެންމެ ފަހުގެ އުފެއްދުންތައް ހިމެނެއެވެ.

ހެލޯ ސީކްރެޓް ޓީމުގެ އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ހުރިހާ ހިދުމަތެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މިގޮތުން މޯބައިލް ފޯނާއި ޓެބްލެޓް ރިޕެއާ ކުރުމަށް ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ. މިއީ ފުރިހަމަ ތަމްރީނު ލިބިފައިވާ ޓީމަކާއި ފޯނު ރިޕެއާކުރަން ބޭނުންވާ ފަހުގެ ޓޫލްސްތަކާ އެކު ގާއިމް ކުރެވިފައިވާ ރިޕެއަ ސެންޓަރެކެވެ.

ހެލޯ ސީކްރެޓް ހިންގާ މެގަކެޕިޓަލްގެ ޑައިރެކްޓަރު ރާޒިޔާ މުހައްމަދު ވިދާޅުވީ އެތަނުން ފޯނު ރިޕެއާކުރަން ބޭނުންކުރާނީ އޮރިޖިނަލް ސްޕެއާސް އެވެ. އަދި ރިޕެއާކުރަން އެޑްވާންސްކޮށް އެއްވެސް ލާރިއެއް ނުނަގާއިރު، ރިޕެއާނުކުރެވޭ ހާލަތުގައި އެއްވެސް ފީއެއް ނުނަގާނެ އެވެ.

ހެލޯ ސީކްރެޓުން ލިބެން ހުންނަ ހެޑްފޯނެއް --ފޮޓޯ:ހުސައިން ވަހީދު/ މިހާރު

"އަޅުގަނޑުމެން މިފޯރުކޮށްދެނީ ރިސްކް ފްރީ ހިދުމަތެއް."

ހެލޯ ސީކްރެޓްގެ ސޭލްސް މެނޭޖަރު އަބްދުﷲ އުސައިދު ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން މިހާތަަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

"އަޅުގަނޑުމެން ހީކުރި ވަރަށްވުރެ ކަސްޓަމަރުންގެ ތަރުހީބު ބޮޑު. އަގު ރަނގަޅުވީމަ، ފިހާރަ ހުޅުވަން ގެނައި ފޯނު ޝިޕްމަންޓް ވަރަށް ފާސްޓް މޫވްކުރިލެއް. އެކްސެސަރީޒް އަށް ވެސް ވަރަށް ޑިމާންޑް ބޮޑު."

އޭނާ ވިދާޅުވީ، ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް އުފެއްދުމަކީ ހެލޯ ސީކްރެޓުން އަލަށް ތައާރަފްކުރި އަސްލު މަލާއި ފަތް ބޭނުންކޮށްގެން ހަދާފައިވާ މޯބައިލް ފޯނު ކަވަރެވެ.

ހެލޯ ސީކްރެޓް ފިހާރަ ހުންނަނީ ޗާންދަނީމަގު ސޮނީ ސްޕޯޓްސް ފިހާރަ ކައިރީގައި --ފޮޓޯ: ހުސައިން ވަހީދު

"ކަސްޓަމަރުންނަށް ބައެއްފަހަރު ގަބޫލުކުރަން ވެސް ދަތި ކަވަރުގައި އަސްލު މާ ހުންނާތީ. އަންހެންކުދިން ވަރަށް ލައިކްވާ ޕްރޮޑަކްޓްއެ އެއީީ،" އުސައިދު ވިދާޅުވި އެވެ.

ހެލޯ ސީކްރެޓް ބްރޭންޑުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. ފޯނެއް ނުވަތަ މޯބައިލް އެކްސެސަރީއެއް ގަންނަން ވިސްނާއިރު އެންމެ ފުރަތަމަ ބަލަންޖެހޭ އެއް ފިހާރައަކީ ހަމަ ޔަގީނުން ވެސް ހެލޯ ސީކްރެޓް އެވެ.