ވިޒިޓް މޯލްޑިވްސް ޖަހާފައިވާ ޖާޒީ ތައާރަފްކޮށްފި

ވިޒިޓް މޯލްޑިވްސް ޖަހާފައިވާ ސްޕެނިޝް ސޮކާ ސްކޫލުގެ ޖާޒީ ދައްކާލައިފި އެވެ.


ވިޒިޓް މޯލްޑިވްސް ލޯގޯ ޖަހާފައިވާ ޖާޒީ އިފްތިތާހުކޮށްދެއްވީ ރިއަލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ދިވެހިރާއްޖެއިން ވަނީ ދުބާއީ އިންޓަކޮންޓިނެންޓަލް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ވެފަ އެވެ. ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖެ ވެފައިވާ އިރު މިކަމަށް ހަރަދުކޮށްފައި ވަނީ 25،000 ޑޮލަރު ނުވަތަ 385،500 ރުފިޔާ އެވެ.

މި މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުގެ އެކަޑަމީތަކުން ބައިވެރިވެ އެވެ. އުމުރުން 13 އަހަރުގެ ދަށުގެ ކުޅުންތެރިން ބައިވެރިވާ މި މުބާރާތުގައި ސްޕެއިންގެ ބާސެލޯނާ އާއި ރިއަލް މެޑްރިޑާއި އިޓަލީގެ ޔުއެންޓަސްގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީ އާއި ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް ފަދަ ކްލަބުތަކުން ބައިވެރިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، މި މުބާރާތް ކުޅޭ ދެ ޕިޗުގެ ތެރެއިން އެއް ޕިޗު ވަނީ ރާއްޖެ އަށް ހުސްކޮށްފައި ކަމަށެވެ. އަދި އެ ޕިޗުގެ ނަމަކަށް ވެސް ކަނޑައަޅާފައި ވަނީ ވިޒިޓް މޯލްޑިވްސް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ