"ޑިއާޒޮއި" އިން ފެންވަރު ރަނގަޅު އިލެކްޓްރޯނިކް ސާމާނު އަގުހެޔޮކޮށް ލިބޭނެ!

ފެންވަރު ރަނގަޅު އިލެކްޓްރޯނިކް ސާމާނަށް ހާއްސަކޮށްގެން އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.


ރޯޝަނީމަގުގައި ހުންނަ ހ. ރެމްސިސްގައި ހުޅުވި މި ފިހާރައިގައި މޯބައިލް ފޯނާއި، ފޯނު އެސަސަރީޒް އާއި ލައިފްސްޓައިލް އިލެކްޓްރޯނިކްސްގެ އިތުރުން ހެޑްސެޓާއި ސްޕީކަރު އަދި ސެމްސަންގް ޓީވީ ފަދަ ސާމާނު އާދަޔާ ހިލާފު ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ.

ޑިއާޒޮއި ހިންގާ ސިންބާދު ކުންފުނީގެ މަގްސަދަކީ ރާއްޖޭން ބޭރުގެ އެކި މާކެޓުތަކުގައި ޓްރެންޑް ވަމުން އަންނަ ތަކެތި ހޯދައި، އެ ތަކެތި ރާއްޖޭގައި ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ. އަދި ޓްރެންޑް ވާ މުދާ އަމިއްލަ ބްރޭންޑެއްގައި އުފެއްދުމަށް ފަހު ބައިނަލްއަގްވާމީ އޮންލައިން ސައިޓުތަކުގައި ވިއްކައި، އީ-ކޮމާސް މާކެޓަށް ވަންނަން ޑިއާޒޮއި އިން ޝައުގުވެރި ވެ އެވެ. އަދި އެކަން ކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ވެސް އެ ތަނުން ބޭނުން ވެ އެވެ. ބައިނަލްއަގްވާމީ މާކެޓަށް ވަނުމުގެ ކުރިން "ޑިއާޒޮއި" ނަން ކަނޑައެޅީ، މިހާތަނަށް އެއްވެސް ބަޔަކު ބޭނުންނުކުރާ ފަދަ ޔުނީކް އަދި އޮރިޖިނަލް ނަމެއް އުފެއްދުމުގެ ނިޔަތުގައި ކަމަށް އެތަނުން ބުންޏެވެ.

ދިވެހި ޑިޒައިންތައް ބޭނުންކޮށްގެން ޑިއާޒޮއި އިން ހަދާފައިވާ ކަސްޓަމައިޒްޑް ޕަވާ ބޭންކްތަކެއް -- ފޮޓޯ: އަހްމަދު ނިޝާތު/ މިހާރު

މި ނަން ދީފައިވަނީ ގްރީކްގެ ދެ ބަސް ކަމަށްވާ "ޑިއާ" އާއި "ޒޮއި" އެއްކޮށްލައިގެންނެވެ. އޭގެ މާނައަކީ "ޕާސިން ތުރޫ" އަދި "ލައިފް" އެވެ. މި ދެ ބަސް އެއްކޮށްގެން ހަދާފައިވާ ނަން "ޑިއާޒޮއި" އިން ދޭހަވަނީ "ޕާސިން ތުރޫ ލައިފް" ކަމަށް އެ ތަނުން ބުންޏެވެ. ނުވަތަ "ހަޔާތުގެ ތެރެއިން ދަތުރުކުރުން" އެވެ. ޕާސިން ތުރޫ ލައިފްގެ ސްލޯގަން ބޭނުން ކޮށްގެން ލައިފްސްޓައިލް އިލެކްޓްރޯނިކްސް ބައިނަލްއަގްވާމީ އީކޮމާސްގައި މަގްބޫލުކަން ހޯދަން ފަސޭހަ ވާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.

އެ މާކެޓަށް ވަނުމަށްޓަކައި އެތަނުން މިހާރު ވަނީ ދިވެހި ކުރެހުންތައް ބޭނުންކޮށްގެން ކަސްޓަމައިޒްކޮށް ޑިޒައިންކޮށްފައިވާ ޕަވާ ބޭންކްސް އުފައްދައި، ރާއްޖެ ގެނެސް ވިއްކަން ފަށައިފަ އެވެ. މި ތަކެއްޗަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށާއި ޑިޕްލޮމެޓުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭން ކަމުދާނެ ތަކެތި ކަމަށް އެތަނުން ބުންޏެވެ. އެކި ކުންފުނިތަކުގެ ލޯގޯ، ނިޝާން ނުވަތަ އިސްތިހާރު ފަދަ ތަކެތި ބޭނުންކޮށްގެން އެ ތަނަކުން ބޭނުންވާ ގޮތަށް، ކަސްޓަމައިޒްޑް ޕަވާ ބޭންކު ވެސް ޑިއާޒޮއި އިން އުފައްދައިދެ އެވެ.

ޑިއާޒޮއި ގައި ވިއްކާ ބައެއް އިލެކްޓްރޯނިކްސް -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

މީގެ އިތުރުން، ޑިއާޒޮއި އަކީ ލައިފް ސްޓައިލް މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޖޯއިރޫމް"ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ބްރޭންޑުން އުފައްދާ ސްމާޓް ޑެސްކް ލޭމްޕާއި، ސްޕީކަރާއި، ހެޑްފޯނުގެ އިތުރުން ފޯނު އެސަސަރީސް ފަދަ ތަކެތި ޑިއާޒޮއި އިން ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ އެވެ. އެ ބްރޭންޑުގެ މުދާ ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ވެސް ޑިއާޒޮއި އިން ލިބެން ހުންނާނެ އެވެ. އެތަނުން އަންނަނީ ވަރަށް ހެޔޮ އަގުގައި އެ ބްރޭންޑުގެ ތަކެތި ހޯލްސޭލްކުރަމުންނެވެ. އަދި އަންނަ މާޗް މަހުގެ 31 ގެ ނިޔަލަށް ޖޯއިރޫމް ބްރޭންޑުގެ ހުރިހާ މުދަލަކުން 30 ޕަސެންޓު ޑިސްކައުންޓް އެ ފިހާރައިން ލިބޭނެ އެވެ.

ޑިއާޒޮއި އިން ހުރި ސެމްސަންގު ޓީވީތައް: މާލެއިން އެންމެ އަގުހެޔޮކޮށް ސެމްސަންގު ޓީވީ ލިބޭނީ ޑިއާޒޮއި އިން ކަމަށް އެތަނުން ބުނޭ -- ފޮޓޯ: އަހްމަދު ނިޝާތު

އެތަނުން އަންނަނީ އެހެން މަޝްހޫރު އިލެކްޓްރޯނިކް ބްރޭންޑުތަކުގެ އުފެއްދުންތައް ވެސް ވިއްކަމުންނެވެ. އެކި ސައިޒުގެ ސެމްސަންގް ޓީވީ އެންމެ އަގު ހެޔޮކޮށް މި ވަގުތު ރާއްޖެއިން ލިބޭނީ ޑިއާޒޮއި އިން ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ސެމްސަންގް، ލެނޯވޯ އަދި އަސުސް ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ފޯނު ހެޔޮ އަގުގައި އެ ފިހާރައިން ލިބޭނެ އެވެ.