މެރިން އެކްސްޕޯ ކޮމިއުނިކޭޝަން މިނިސްޓްރީން އެންޑޯޒްކޮށްފި

ކޮމިއުނިކޭޝަން މިނިސްޓްރީން މޯލްޑިވްސް މެރިން އެކްސްޕޯ އެންޑޯޒްކޮށްފި އެވެ.


މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވަނީ އެންޑޯސްމެންޓް ސެޓްފިކެޓްގައި ސޮއިކުރައްވައިފަ އެވެ. އަދި އެ ސެޓްފިކެޓް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް ހަމީދުއާ ވަނީ ހަވާލު ކުރައްވައިފަ އެވެ.

ލިވަބޯޑް އިންޑަސްޓްރީ އަށް ހާއްސަކޮށް ބާއްވާ މެރިން އެކްސްޕޯ އިންތިޒާމުކުރާ ބްލޭކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވަނީ މި އެކްސްޕޯ އެންޑޯޒް ކުރެއްވުމުން ހަދާނީ ފިލަޔެއް އަރުވައިފަ އެވެ.

މި އެކްސްޕޯގެ މި އަހަރުގެ ތީމަކީ މެރިން ޓެކްނޮލޮޖީ އެވެ.

މޯލްޑިވްސް މެރިން އެކސްޕޯ އަކީ ބޯޓުތަކާއި ކަނޑުގެ އުޅަނދު ފަހަރު ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ދައްކައިލުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން މެރިން އިންޑަސްޓްރީގެ މެނުފެކްޗަރުންނާއި ސަޕްލަޔަރުންނާއި ހިދުމަތް ފޯރުކޮށްދޭ މީހުންގެ އިތުރުން ބޮޑެތި ކުންފުނިތަކުންނާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބޭނެ އެވެ.

މި އަހަރު ބާއްވާ ފަސް ވަނަ އެކްސްޕޯގައި އާ ޓެކްނޮލޮޖީތަކާ އެކު ދާއިރާ އަށް އައިސްފައިވާ ބަދަލުތަކާއި އާ ކަންކަން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.