ސޮނީ ހާޑްވެއާގެ "ރޯދަ ބާޒާރު" ފަށައިފި

ސޮނީ ހާޑްވެއާ އިން 50 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭ ގޮތަށް "ރޯދަ ބާޒާރު" ފަށައިފި އެވެ.


މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000ރ.ގެ ގިފްޓު ވައުޗާއެއް ލިބޭނެ އެވެ. ސޮނީ ހާޑްވެއާ ހުޅުމާލެ އާއި ސޮނީ ހާޑްވެއާ ޖަނަވަރީ މަގު ފިހާރަ އާއި ދަ ސީން ފިހާރައިން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރީލް 1 އިން މެއި 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ރޯދަ ބާޒާރުގައި ޔޫރަޕްގެ މަޝްހޫރު ބްރޭންޑުތަކުގެ ބަދިގެ ސާމާނާއި ހޯމް އެޕްލަޔަންސާއި ކުލަ އާއި ދަވާދާއި ހާޑްވެއާ އާއި ލައިޓިން އާއި ސެނިޓަރީވެއާ އަދި ތަށިމުށި ހެޔޮ އަގެއްގައި ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ލަކީޑްރޯ ނަގާނީ ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި ސޮނީ ހާޑްވެއާ ޖަނަވަރީ މަގު ފިހާރައިގަ އެވެ. ގުރުއަތުން ހޮވޭފަރާތް ކޮންމެ ދުވަހަކު ވެސް ވެބްސައިޓުންނާއި ފޭސްބުކް ޕޭޖް މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ.

ސޮނީ ހާޑްވެއާ އަކީ ހާޑްވެއާ އާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ މަސްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.