ހުޅުމާލެ ފެރީޓާމިނަލް ސަރަހައްދު--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހެދި ކުރި "ރަށު މާރުކޭޓު"ގެ ގޮޅިތައް ކުއްޔަށްދީފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވަނީ 42 މީހަކަށް ހުޅުމާލެ ރަށު މާރުކޭޓުން ގޮޅިތައް ދޫކުރި ކަމަށެވެ. ގޮޅިތައް ދޫކޮށްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޑްރައި ސްޓޯލާއި ވެޓް ސްޓޯލްތައް ވަނީ ކަނޑައަޅާފަ އެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖެހިފައިވާ ގޮޅިތަކެވެ.
'Rashu Maarukeytu' Draw Results — Housing Development Corporation
Housing Development Corporation
ގޮޅިތައް މިހާތަނަށް ލިބުނު ފަރާތްތައް
ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި މާރުކޭޓުން ކާބޯތަކެތި ވިއްކުމަށް 37 ގޮޅިއެއްގެ އިތުރުން ރޯމަސް ވިއްކުމަށް 20 ގޮޅިއެއް ދޫކުރުމަށް އިއުލާނު ކޮށްފައިވެ އެވެ.
މި މާރުކޭޓުގެ ގޮޅިތަކުގައި 69 އަކަފޫޓު ހުންނާނެ ކަަމަށް އެޗްޑީސީން ބުނެ އެވެ. މި ގޮޅިތައް ދޫކުރުމަށްޓަކައި ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ދައްކަންޖެހޭ އިރު މަހު ކުލީގެ ގޮތުގައި 3500ރ. ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޝާ
30 April 2019
މަހު ކުލީގެ ގޮތުގައި 3500ރ. އެއީ ވަރަށް ކުޑަ އަގެއް. ތަކެތީގެ އަގުވެސް ހުންނަންވާނީ މި ކުޑަކޮށް. މިހާ ދުވަހު ދައްކަނީ ކުލި އަގުބޮޑު ވާހަކަ.
ގޯސް
30 April 2019
ބަލާނަން ބިދޭސީން ނުބޭތިއްބޭތޯ. އަދި ކުއްޔަށްނުދޭތޯ. މިކަންކަން ކުރާނަމަ ހުއްޓުވަންޖެހޭނެ. ނުހުއްޓުވާނަމަ ކޯޓަށްދާނަން.
އިއުލާން
30 April 2019
މިއީ ދުވަސްކޮޅެއްގެ ދަޅައެއް.. މިކަމަށް ނުހޭނަން އިލްތިމާސް ކުރަން
ޖަމީލުބެ
29 April 2019
އަހާ! ލިސްޓުވެސް ހާމަ ކުރެއްވީ! ކުރީގެ ބޭފުޅުން އުޅުއްވީ ލިސްޓުތައް ފޮރުއްވައިގެން!
ޙެ ހެ
30 April 2019
ޢެކަމަކުވެސް ތިކަން ކުރީ އިންސާފުކޮށެނުއްނޫން