މަސް މާރުކޭޓުގައި ކަނޑު މަސް ވިއްކާ މީހެއް--ފޮޓޯ:މިހާރު
މާރުކޭޓުގައި ރޯ މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ. މަސްވެރިން ބުނަނީ މަސްވެރިކަން މި ދުވަސްވަރު ރަނގަޅުވެފައިވާތީ މި ރޯދަ މަހުގެ ތެރޭގައި މަހުގެ އަގުތައް މައްޗަށް ދިއުމުގެ ފުރުސަތު ނެތް ކަމަށެވެ.
މަސް މާރުކޭޓުގައި މަސް ކިލޯއެއް ވިއްކަން ހުރީ 35ރ. އަށެވެ. މިއީ އާންމު ދުވަސްތަކުގައި ވެސް މަހުގެ އަގު ހުންނަ ވަރެވެ. މަސް މާރުކޭޓުގައި މަސްވިއްކާ މީހުން ބުނީ، މަހުގެ އަގަށް ބަދަލު އަންނާނީ މަސް ނުލިބިއްޖެ ނަމަ އެވެ. ވޭތުވެދިޔަ ދެ ދުވަހު ވެސް މަސްވެރިކަން ރަނގަޅު ކަމަށް މަސް ވިއްކާ މީހުން ބުނެ އެވެ.
ރޯދަމަހާ ދިމާކޮށް މަސް މާރުކޭޓުގައި މަސްވިއްކާ ފަރާތްތައް އިތުރުވެ އެވެ. އަދި މަސް ގަންނަ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.
ކަނޑު މަހުގެ އިތުރަށް ފަރު މަހުގެ ބާވަތްތައް ވެސް މާރުކޭޓުގައި ވަރަށް ގިނަ އެވެ. އެގޮތުން ކުޑަ ގިނި މަހެއް 30ރ. އަށް ލިބެން ހުރި އިރު ބޮޑު ގިނި މަހެއް ހުރީ 60ރ. އަށެވެ. މާނިޔާ މަހެއް 60ރ. އަށް ހުރި އިރު ރަތް މަހެއް ލިބެން ހުރީ 150ރ. އަށެވެ. މީގެ އިތުރުން ފާނައެއް ލިބެން ހުރީ 200ރ. އަށެވެ.
މަސް މާރުކޭޓުގައި މަސް ގަތުމަށް ގިނަ ބަޔަކު ހަރަކާތްތެރިވާ އިރު ލޯކަލް މާރުކޭޓް ސަރަހައްދު ވެސް ތަކެތި ގަންނަ މީހުންނާ އެކު ވަނީ ތޮއްޖެހިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
06 May 2019
އަގު ބޮޑުކޮށް އިއްޗިހި ގަންނަނީ މީހުންނަށް ކަން ދައްކަން އުޅޭ މީހުން، އެމީހުންގެ ސަބަބުން އެއްވެސް އެއްޗެއް އަގު ހެވެއްނުވޭ.
87503
06 May 2019
މަސްވެރިން ނިކަން ތަފާތު ދައްކާލަބަލަ މި ރޯދަމަހު. މަހުގެ އަގު ހެޔޮކޮށްގެން ލިބޭނެ ގެއްލުމެއް ނޯންނާނެ. ދުނިޔަވީ ފައިދާގެ އިތުރުން އުޚުރަވީ ފައިދާވެސް ލިބޭނެ ލިއްލާހިއަށްޓަކާ ކުރާ ކޮންމެ ކަމަކުން
ނެޑް
05 May 2019
މަސްވެރިކަމަކީ ކޮންމެވެސް ނާރެކޭ ކިޔާއިރު އަވައްޓެރި ހުރިހައި ގައުމަކަށްވުރެ މަސް އަގުބޮޑު.
މަހުދީ
05 May 2019
މާރުކޭޓުގައި މަސްވިކަން ތިބޭނީ މަސްވެރިންނެއްނޫން.
ހަސަން ނުވަވަނަ
05 May 2019
ހަމައަގު ތިއީ އިނގޭތޯ.
ހަސަން ނުވަވަނަ
05 May 2019
އޯކޭވާނެ ޖަޒީރާގަ މަސް ނުކެޔަސް މަގޫފަތް ހުންނާނެނު. އެޖެންޑާ19 ސަޅިވާނެ
އާދިލް 12
05 May 2019
މިއައީ މަސް ގަނެގެން... ކިލޯއެއް -/60 ރުފިޔާއަށް... މަސްވެރިން ބުނީ ތެޔޮ އަގުބޮޑުވީމަ ބޮޑުވީޔޯ؟
ބަބުރަންޖީ ހާޖީ
05 May 2019
ސާބަސް މަސްވެރިން.