ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށް ބެކްއަޕް ސިލިންޑަރުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


މޯލްޑިވް ގޭހުން ބުނީ، މި ޕްރޮމޯޝަނަކީ ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން 5 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ބެކްއަޕް ސިލިންޑަރު ގަންނަ މީހުންގެ މެދުގައި ނަގާ ގުރުއަތުން ކޮންމެ ހަފްތާއަކު ލުއި ފުޅިއެއްގެ އިތުރުން 10 ކިލޯއަށްވާ ގޭސް ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެ އެވެ.

ދެ ކިލޯގެ ބެކްއަޕް ސިލިންޑަރު ގަތުމަށްޓަކައި 330ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އަދި ރީފިލް ކުރުމަށް 45ރ. ދައްކަންޖެހޭނެ އެވެ.