ބޭނުން އަދަދަކަށް ވައިބާ ސްޓިކާ ގަނެވޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި

ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މޯބައިލް އެޕްލިކޭޝަން، ވައިބާގެ ޕްރިމިއަމް ސްޓިކާ ޑައުންލޯޑް ކުރުމަށް ހާއްސަ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.


މި ޕެކޭޖުގައި މަހަކު 19ރ. ދެއްކުމުން ބޭނުން އަދަދަކަށް ވައިބާގެ ސްޓިކާ ޕެކްތައް ގަނެ ލެވޭނެ އެވެ.

ދިރާގުން ވަނީ އަންލިމިޓެޑް ވައިބާ ސްޓިކާ ޑައުންލޯޑް ކުރުމަށް ހާއްސަ ޕެކޭޖެއް ތައާރަފް ކޮށްފައި

މި ސްޓިކާ ޕެކޭޖް އެކްޓިވޭޓް ކުރުމަށް ވައިބާ ސްޓިކާ ޕޯޓަލް އަށް ވަދެ އޭގައިވާ އިރުޝާދާ އެއްގޮތައް ކަންތައް ކުރުމުން އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޕެކޭޖަކީ ކޮންމެ މަހަކު ސަބްސްކްރައިބް ކުރަން ޖެހޭ ޕެކޭޖަކަށް ވާއިރު ބޭނުން ކޮންމެ އިރެއްގައި އަންސަބްސްކްރައިބް ވެސް ކުރެވޭނެ އެވެ.

މި ޕެކޭޖުގެ ދަށުން މިހާރު ފައިސާ ދައްކައިގެން ބޭނުން ކުރެވޭ ސްޓިކާތައް ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ މާވެލްގެ ސްޓިކާތަކާއި ޑިޒްނީ އަދި ކާޓުން ނެޓްވޯކްގެ ސްޓިކާތަކަށް ވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ.