އިނގިރޭސިވިލާތުގައި އަލަށް 5ޖީ ލޯންޗްކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުން 5ޖީ ނެޓްވޯކަށް ހިޖުރަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް 5ޖީ ނެޓްވޯކް ތައާރަފުކޮށްފި އެވެ.


އަދި ހަމަ އެކަނި ބައެއް ސިޓީތަކަށް ލިބޭ ގޮތަށް އެ ގައުމަށް ފުރަތަމަ ފަހަރަށް 5ޖީ ލޯންޗް ކުރުމުގެ ޝަރަފު ހޯދީ މުއާސަލާތީ ހިދުމަތް ދޭ ކުންފުނި އީއީ ލިމިޓެޑުންނެވެ. އެ ކުންފުނިން ހިދުމަތް ރަސްމީކޮށް ލޯންޗްކުރީ މަޝްހޫރު ރެޕާ ސްޓޯމީޒްއާ އެކު ރިވާ ތޭމްސްގައި ބޭއްވި ބޯޓް ކޮންސަޓަކާ އެކީގަ އެވެ.

އީއީ އިން ބުނި ގޮތުގައި މި ވަގުތު އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް ލިބޭނީ ބެލްފާސްޓް، ބާމިންހަމް، ކާޑިފް، އެޑިންބަރާ، ލަންޑަން އަދި މެންޗެސްޓާގަ އެވެ.

އީއީ ލިމިޓެޑުން ބުނި ގޮތުގައި 5ޖީ ނެޓްވޯކް މަހަކަށް ލިބޭނެ އެންމެ ކުޑަ އަގަކީ 68 ޑޮލަރަށެވެ. އެއީ 10ޖީބީ ޑާޓާއާ އެކީގަ އެވެ.

އީއީ ލިމެޓެޑާ ވާދަވެރި ވޮޑަފޯނުން ވެސް ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި 5ޖީ ނެޓްވޯކް ތައާރަފު ކުރާނެ އެވެ.