ދިރާގުން ގުރުއާނާ ބެހޭ މަރުކަޒާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރަނީ--ފޮޓޯ:ދިރާގު
ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން ހިންގާ ކޯސްތައް މެގަ އެކްސެސް ނެޓްވޯކް ސޮލިއުޝަން މެދުވެރިކޮށް ޑިޖިޓަލް ކްލާސްރޫމްގެ ޒަރިއްޔާއިން ކިޔަވަދެވޭނެ ގޮތް މަގުފަހިކޮށްދީފި އެވެ.
ގުރުއާނާ ބެހޭ މަރުކަޒުރުން މި ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކާއި ލ. ފޮނަދޫގަ އެވެ.
މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ކުދިންނަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެ އެވެ.
މި ހިދުމަތް ފޯރުކޮށް ދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.
ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭ މި ހިދުމަތުގެ ސަބަބުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދެ އެވެ. މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މި ހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ އެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިބެގެން މުދައްރިސުންނަށް ފިލާވަޅު ނަގައިދޭ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ވަގުތުން ދެވޭނެ އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނި ގޮތުގައި މި ޕްރޮގްރާމުން ރަށުގައި ތިބެގެން ޑިގްރީ ލެވެލަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމައަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ އެވެ.
ޖުމްލަ 91 ދަރިވަރުން މި ވަގުތު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ. ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީ ގައި 65 ކުދިން ކިޔަވާ އިރު އިމާމްކަމުގެ ޑިގްރީގައި 26 ކުދިން ބައިވެރިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަލިފުޅު3
31 May 2019
ދީނީ ކަމަކަށް، އިލްމީ ކަމަކަށް ދުވަހަކުވެސް އެންމެ ރުފިޔާ އެއްވެސް ދިން ބައެއް ނޫން. ކިހިނެއް މި ވަނީ؟
ރަންދެލި
31 May 2019
އެބަ ރަނަގަޅު ވޭ... އަލްހަމްދުލިއްލާހި...
ވަހީދު
31 May 2019
35 އަހަރުވީ ޤައުމީ ޤުރުއާން މުބާރާތް ނުބޭއްވި މިރޯދަމަސް މިނިމެނީ ކީއްވެ؟ ފައިސާ ހަމަނުޖެހުނީތަ؟ ނޫނީ މުބާރާތް ބާއްވަން ބޭނުން ނުވަނީތަ؟ ތިހެން ހެދީމަ ހުރިހާ ހުތުރެއް އިބްރާހިމް މުޙައްމަދު ޞާލިހަށް އަމާޒުވާނީ.
ޤާރީ މޫސަ
31 May 2019
ދިރާޤުން ތިކަމެއް ކޮށްދިނަސް ޝާފިޢުމެންގެ ވިސްނުން ހުރީކީ ކަންކަން ކުރެވޭނެ ގޮތަކަށް ނޫން. ކަންކަމުގެ ތެރެއަށް ސިޔާސީ ވިސްނުން ވައްދައިގެން މަރުކަޒުތައް ހިންގަމުން އައި ހުރިހާ މުއައްޒަފުން ވަކިކުރުމުގެ ހަރަކާތެއް މިހާރު ކުރިއަށް އެގެންދަނީ. ރަށްރަށުގައި ހިންގާ ގޮފިތައް ވެސް ހުއްޓިފައި އެހުރީ އަދާލަތު ނޫން މީހުންނަށް ވަޒީފާ ނުދޭން ވެގެން. އިސްލާމިކް މިނިސްޓްރީގައި ވެސް ތިބެން ޖެހެނީ އަދާލތު މީހުން. ޤުރުއާން މަރުކަޒުގައި ވެސް ތިބެން ޖެހެނީ އެމީހުނ
ހަންސަން
31 May 2019
މާރަނގަޅުވާނެ ދިރާގުން އިންޓަނެޓް ސްޕީޑް އެކަށީގެންވާ ގޮތައްދެއްވިއްޔާ
ފިރުދައުސްވަހީދު
31 May 2019
ގުރުއާނާބެހޭ މަރުކަޒަކީ ބޮޑު އިސްރާފެއް. ރާއްޖޭގެ ދެ ޔުނިވަރސިޓީގައިވެސް ގުރުއާން ކޯސްތައް އެބަހިންގާ. ދެން އިތުރު ވޭސްޓެއް ކީއްކުރަން. ތިޔަތަން އުވާލާފަ ބިމުގައި ޕާކިން ޒޯނެއް ހެދުން މާ ރަނގަޅުވާނެ. މުޖުތަމައަށް މާ ފައިދާވެސް ވާނެ.
ނަގިއްޔާ
31 May 2019
އަޅެ ރާއްޖޭގަ އޮންނަނީ ދެކުންފުނިތަ: ދިރާގާ އުރީދޫ. މިދެތަނުންނޫނީ އިވެންޓެއް ސްޕޮންސާކުރާތަން ނުފެނޭ. ނުނީ މިތަންތަން ރަގަޅަށް ނުހިގާތީ ނޫނީ މިދެފަރާތުގެ ވާދަވެރިކަން ބޮޑުވެގެން އެތަނުގެ ވެރިންތަކަށް ނުނިދެނީތަ!!
ރަނގަޅު
31 May 2019
ދިރާގުން ތިޔަފަދަ ކުޑަކަމެއް ކޮށްދޭއިރު ބީއެމްއެލް އަކަށް ނުކެރޭ ސްޓުޑެންޓް ލޯން ގެ އިންޓަރެސްޓު ކަނޑާލަދޭކަށް. ސީއެސްއާރުގެ ދަށުން އެވަރުކަމެއް ކޮށްދެވެންވާނެ.
ޒުނޭރު
31 May 2019
100 ގެ ވާހަކައެއް. އޭރުން އެހީ އެވެވެނިވެސް ނިކަމެތި ދަރިވަރުންނަށް