ކޮންސްޓްރަކްޝަން ސައިޓެއް--ފޮޓޯ:ހުސައިން ވަހީދު
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ބޭނުމަށް އިމްޕޯޓު ކުރި މުދާ 21 ޕަސެންޓް ދަށްވި އިރު ދޫކުރި ލޯނުގެ އަދަދު 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން ކޮންސްޓްރަކްޝަނަށް ގެންނަ ލަކުޑި އާއި ސިމެންތި އާއި ދަގަނޑު އިމްޕޯޓު ކުރިވަރު މަދު ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގާ މިންވަރު ދަށްވުމެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާ އިން ފެށިގެން ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ މިންވަރު ވަނީ ދަށްވެފަ އެވެ.
ބޭންކުތަކުން ކޮންސްޓްރަކްޝަނަށް ދޫކުރި ލޯނު އިތުރުވެފައިވަނީ ރިސޯޓުތައް މަރާމާތު ކުރުމަށް ކޮމާޝަލް ބޭންކުތަކުން ނަގާ ލޯނު އިތުރުވުމުގެ ސަބަބުންނެވެ. މި މުއްދަތުގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ދޫކުރި ލޯނުގެ މިންވަރު ވެސް ވަނީ ދަށްވެފަ އެވެ.
މިދިޔަ އަހަރު ކޮންސްޓްރަކްޝަން ދާއިރާ އިން ދޫކުރި ލޯނުގެ މިންވަރު 21 ޕަސެންޓް އިތުރުވެފައިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ާބޮޑުމީހާ
10 June 2019
ކޮންމެ ސަރުކާރަކުންވެސް ރާއްޖެ ތަރައްގީކުރަން މިއުޅެނީ އެއް ކޮންސެޕްޓަކަށް. ކީއްވެތަ ރާއްޖޭގެ ކޮންމެ އަތޮޅަކުން 1 ރަށް ތަރައްގީކޮށް އާބާދީ އެއްފަސްނުކުރަންވީ. 180 ރަށުގަ ފެނާއި، ނަރުދަމާ، ސްކޫލް، ބޭންކް، ސިއްޚީ، ތައުލީމް، ކުޅިވަރު ހިދުމަތްނުދެވޭނެ. ރަގަޅު ޕްލޭނަކާއިއެކުކޮށްފިނަމަ 10 ވަރަކަށް އަހަރުތެރޭ 20 ސިޓީ ރާއްޖޭގައި އޮންނާނެ. އޭރުން ދަތުރުފަތުރު ފަސޭހަވެ، އިދާރީގޮތުން ހިންގަންވެސް ފަސޭހަވާނެ