އައްޑޫގައި ވެސް ޝީޝާއިން ސައިކަލް އިންސްޓޯލްމަންޓަށް ދެނީ

ހާއްސަ ޕްރޮމޯޝަނަކާ އެކު ޝީޝާއިން އައްޑޫގައި އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރަން ފަށައިފި އެވެ.


ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫގައި ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރުމުގެ އިތުރުން "ވިންސްޓޯލްމަންޓް"ގެ ނަމުގައި މިމަހުގެ ތިނަކުން އަންނަ ޑިސެމްބަރު މަހުގެ ތިނެއްގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިޔަށްދާނެ ކަމަށެވެ.

ޝީޝާގެ މާލޭ ޝޯރޫމްގައި ބަހައްޓާފައިވާ ސައިކަލްތަކެއް: އެ ކުންފުނިން ވަނީ ތިން މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. ފޮޓޯ: ޝީޝާ

"އަޅުގަނޑުމެން އަލަށް މި ފެށީ ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރަން. މި މަހު މި ފެށި ޕްރޮމޯޝަންގައި އައްޑު އާއި މާލޭގެ ފިހާރައިން ސައިކަލް ގަންނަ ފަރާތްތަކަށް ބައިވެރިވެވޭނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އަލަށް ފެށި ޕްރޮމޯޝަންގައި މިހާރު އިންސްޓޯލްމަންޓަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ތެރޭގައި އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު ކޫޕަން ލިބުމުގެ އިތުރުން ޑިސްކައުންޓާއި ފުރަތަމަ ސާވިސް މުޅިން ހިލޭ ވުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން މަހަށް ދެމިގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރި ފަރާތެއް ހޮވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން ހޮވޭ ފަރާތަށް އިންސްޓޯލްމަންޓްގެ ބަކީ ދައްކަންޖެހޭ ބައި މުޅިން ހިލޭ ކުރެވޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.

ޝީޝާއިން އައްޑޫގައި ހިންގާ ޝޯރޫމް ތެރޭގައި ސައިކަލްތަކެއް ބަހައްޓާފައި: އެތަނުން ވެސް މިހާރު އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރޭ. ފޮޓޯ: ޝީޝާ

ޝީޝާ އައްޑޫ އައުޓްލެޓް ހުޅުވީ 2006 ވަނަ އަހަރު އެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ ޝީޝާ އިންޓޯލްމަންޓް މާލެ އަދި ޝީޝާ އައްޑޫ އައުޓްލެޓްގައި ކަމަށެވެ.