މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މައުލޫމާތުދެއްވަނީ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން އިޖުތިމާއީ ފައިދާއަށް ހަރަކާތްތައް ހިންގަނީ ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި ޒިޔަތު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސީއެސްއާރަށް ހަރަދު ކުރެވޭނެ މިންވަރު ސާފުވާން ޖެހޭ ކަމަށެވެ.
"އާންމުގޮތެއްގައި ޕޮލިޓިކަލް ކޯޒް އަކަށް ސީއެސްއާރް ހަރަކާތްތައް ހިންގެނީ. އެކަން އެބަޖެހޭ ހުއްޓެން. އޭގެ ބަދަލުގައި އެބޭފުޅުންގެ މެއިން ބިޒްނަސްއަށް އެހީތެރިވާނެ ސޯޝަލް ހަރަކާތެއް ހިންގުން،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިފަދަ ކުންފުނިތަކުން ސީއެސްއާރްގެ ނަމުގައި ބޮޑެތި ހަރަދުތައް ހިންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކުންފުނިތަކަށް ލިބޭ ނަފާ ސާފުކޮށް އެނގޭނެ މޮޑެލް އަކަށް މިހާރު ހުރި، ސަރުކާރު ހިއްސާވާ ކުންފުނިތައް ބަދަލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުންފުނިތަކަކީ ޓާޖެޓްތަކެއް ކަނޑައެޅިގެން ސަރުކާރު ބަޖެޓަށް ބަރޯސާ ނުވެ ހިންގަން ޖެހޭ ކުންފުނިތަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ކުރާ ހަރަދުތަކަކީ ވެސް އުސޫލެއްގެ ތެރެއިން ހިންގަންޖެހޭ ހަރަދުތަކަށް ހެދުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ޒިޔަތު ވިދާޅުވީ، ބޯޑުގެ މެންބަރު ހިމެނޭ އިންޓާނަލް އޮޑިޓް ޓީމެއް މުހިއްމު ކަމަށެވެ.
"އެކްސްޓާނަލް އޮޑިޓް މި ވަންނަނީ ކަން ނިމޭ ފަހުން. އެކަމަކު އިންޓާނަލް އޮޑިޓަށް ބާރު ދީފި ނަމަ ކަމެއް ގޯސްކޮށް ކުރުމުގެ ކުރިން އެކަން ހުއްޓުވޭނެ،" އޭނާ ވިދާޅުވި އެވެ.
ބޯޑު ލެވެލްގައި އިންޓާނަލް އޮޑިޓް ޓީމް މަސައްކަތް ކުރާ ނަމަ އެޓީމުން މައުލޫމާތުތައް ހިއްސާ ކުރަންޖެހޭނީ ކުންފުނި ހިންގާ މެނޭޖިން ޑިރެކްޓަރަށް ނޫން ކަމަށާއި އޭރުން މައުލޫމާތު ހިއްސާ ކުރާނީ ޗެއާމަނަށް ކަމަށް އޭނާ ވިދާޅުވި އެެވެ. މިއާ އެކު ކުންފުނީގެ ބޯޑަށް ކުންފުނިން ކުރާ ކަންކަން ބަލައި މެނޭޖިން ޑިރެކްޓަރު ޒިންމާދާރު ކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިއްސާވާ 30 ވުރެ ގިނަ ކުންފުނި ހިމެނޭ އިރު އޭގެތެރެއިން ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
27 June 2019
މިގައުމުގައި މީހުން އުޅޭތާ 3000 އަހަރުވީއިރު 1978 އަހަރާހަމަޔަށް ސަރުކާރަކުން ބިމެއް ތިޔަބުނާ ފުލެޓްގެ ނަމުގައި ދެއްވާކަމައް ވިދާޅުވާ ބޮޑުއަގުގައި ފުލެޓެއްވެސް ވިއްކާފަ އެއްނެތް މިއީ ރާވައިގެން ރަށްޔަތުން އަޅުވެތި ކުރަން ހިންގި ޖަރީމާއެއް އަނެއްކާ މިގަންނަން މިޖެހެނީ ހަމަ އެކަނި މާލޭގެ ރަށްޔަތުން ރަށްރަށުގައި ހިލޭ ގޯތި ދޫކުރޭ މާލޫގެ ރަށްޔިތަކަށް ވެއްޖެއްޔާ ރަށިކުންވެސް ނުލިބޭ މާލެޔަކުންވެސް ނުލިބޭ މީތޯ އިންސާފަކީ ރައްޔަތުން ކުރާމަސައްކަތުން ޓކސ
ޢައްޔުބް
25 June 2019
މައްސަލައަކީ ގޯސް މީހެއް ވެރިއަކަށް ހުރުން. ބޯޑްތަކުން ރައީސް މީހާ ބުނާގޮތަކަށް ނަހަދައިފިއްޔާ ކުންފުނީގެ ބޯޑް ބަދަލުކުރާނެ ނޫނީ ކުންފުންޏަށް ސަރުކާރުން އެއްބާރުލުން ނުލިބޭނެ. ހަމަ މިފަދައިންދަ އޮޑިޓަރ ލައްވާފަވެސް ގޯސް ހައްދާނެ. ވެރިއަކަށް ޔާމީންފަދަަ މީހެއް ނުގެންނަމާ.
މާގުރެޓު
24 June 2019
ސަރުކާރު ކުންފުނިތަކުގެ ސީއެސްއާރު، ބޭރު ކޮންމެވެސް މަހުޖަނެއްގެ ސީއެސްއާރު، ޕެންޝަން ފަންޑު، ޒަކާތު ފަންޑު މިހުންނަނީ މުޅިންވެސް މާލެއަށް ބަޖެޓުގެ ބޭރުން ހަރަދުކުރަން ޖަހާފަ ހުންނަ ރޮކެޓު. އެންމެކުޑަމިނުން ޒަކާތުފަންޑުންވެސް އެހުންނަނީ މާލޭގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ބިލްޑިންގތައް ނަގާފަ.
ހުަސައިންސުހައިލް
24 June 2019
"ސަރުކާރު ހިއްސާވާ 30 ވުރެ ގިނަ ކުންފުނި ހިމެނޭ އިރު އޭގެތެރެއިން ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ." އޯކޭތާ ހުރިހާ ކުންފުންޏެއްގެ އެމްޑީ މުސާރަ 100000 ނުވަތަ 100000 ވުރުމަތި އައިލެންޑު އޭވިއޭޝަން އެމްޑީ 100000 ޑީއެމްޑީ 80000 ސީއެފުއޯ 75000 އެޗުއާރު ހެޑު 75000 ގުރައުންޑު އޮޕަރޭޝަން ހެޑު 75000 ފައިނޭންސު ހެޑު 60000 ކަމަށް ސޯސިއަލް މީޑިއާގަ ދައުރުވޭ. ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކޮށް ހިންގުން ވަރުގަދަ ކުރަންޖެހޭ