ޔަމަހާގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ޔަމަހާ މޮޓޯސްގެ 64 ވަނަ އަހަރީ ދުވަހާ ގުޅިގެން އެލިއާ އިން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.


"ޔަމަހާ ހައްޓި ހަތަރެއް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕަރޮމޯޝަން އޮންނާނީ މިއަދުން ފެށިގެން 15 އޮގަސްޓުގެ ނިޔަލަށެވެ.

ރާއްޖޭގައި ޔަމަހާ ބްރޭންޑް ވިއްކާ އެލިއާ އިން މި ޕްރޮމޯޝަން ފެށުމުގެ ގޮތުން ވަނީ ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ފަށައިފަ އެވެ. މި ހަރަކާތުގައި ޔަމަހާގެ އެކި ބްރޭންޑުތަކުގެ ސައިކަލު އިންސްޓޯލްމަންޓަށް ވަގުތުން ގަނެވޭނެ އެވެ. ގެންދަންޖެހޭނީ އައިޑީކާޑު އެކަންޏެވެ. މި ހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ.

"ޔަމަހާ ހައްޓި ހަތަރެއް" ޕްރޮމޯޝަން ފެށުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެލިއާގެ މާކެޓިން އެގްޒެކެޓިވް، ސުހާ މަހުމޫދު ވިދާޅުވީ އެލިއާއިން މިއަދު ފެށި ޕްރޮމޯޝަނުގެ ދަށުން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުންނާއި އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލް ގަންނަ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ސައިކަލް ނަގާފަރާތްތަކަށް ޑައުން ޕޭމަންޓުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށް ސުހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މިފެށި ޕްރޮމޯޝަނުގެ ދަށުން އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް ވެސް އަދި ކޭޝް ކަސްޓަމަރުންނަށް ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ. މީގެ ތެރެއިން އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓެއް ލިބިގެންދާނެ ޑައުން ޕޭމަންޓުން. އެހެންވީމާ މިހާރު 10،000 ރުފިޔާ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ މީހުން ދައްކަން ޖެހޭނީ އެންމެ 5،000 ރުފިޔާ" ސުހާ ވިދާޅުވި އެވެޕ.

"ޔަމަހާ ހައްޓި ހަތަރެއް" ޕްރޮމޯޝަން ފެށުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ޕްރޮމޯޝަނުގެ ދަށުން އިންސްޓޯލްމަންޓަށް ނަގާ ސައިކަލްތައް ލިބޭނީ ޕްރައިވެޓް ބޯޑުގަ އެވެ.

އެލިއާގެ އިންސްޓޮލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ ދަށުން ދީނީ އިލްމުވެރިންގެ އިރުޝާދާއެކު ކުރިއަށްގެންދާ ޕްލޭނެކެވެ.