ކޮއްދިއްޕަރަށް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑު

ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓް އެވޯޑުގައި ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ތިން އެވޯޑެއް ކާމިޔާބު ކޮށްފި އެވެ.


މި މަހުގެ ހަ ވަނަ ދުވަހު ރަޝިއާގައި ބޭއްވި އެވޯޑު ހަފުލާގައި ކޮއްދިއްޕަރަށް ލިބުނީ "ލަގްޒަރީ ސްޕާ ރިޓްރީޓް" އާއި "ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ" އަދި "ލަގްޒަރީ އިކޯ ސްޕާ" އެވޯޑެވެ. މިއީ އޭޝިއާ ބައްރަށް ހާއްސަ ކެޓަގަރީންނެވެ.

ކޮއްދިއްޕަރުން ވަނީ މިދިޔަ އަހަރު ވެސް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ހާސިލްކޮށްފަ އެވެ.

މިއީ މުޅި ދުނިޔެއިން ސްޕާތަކާއި ރެސްޓޯރެންޓުތައް ވާދަކުރާ އެވޯޑެކެވެ. މި އެވޯޑަށް ރިސޯޓުތައް ހޮވަނީ ޖަޖުންގެ ހާއްސަ ޕެނަލަކުންނެވެ.

ވޯލްޑް ލަގްޒަރީ އެވޯޑު ބާއްވާތާ ހަތަރު އަހަރު ވެފައިވާއިރު މިއަހަރުގެ އެވޯޑުތަކަށް 90 ގައުމަކުން 450 ސްޕާ އާއި 270 ރެސްޓޯރެންޓު ވަނީ ނޮމިނޭޓް ވެފަ އެވެ.