ބޮޑު އީދާ ދިމާކޮށް އަތްމަތި ތަނަވަސްކޮށްލާނެ ފުރުސަތެއް!

ދިވެހިންގެ ތެރޭގައި އީދާ ދިމާކޮށް އެކި ރަށްރަށަށް ދަތުރުކުރާ ހިތްވާ މީހުންގެ އަދަދު މިހާރު މަދެއް ނޫނެވެ. ނަމަވެސް އެ ދަތުރުތަކަށް ހޭދަކުރަން ބައެއް މީހުންނަށް އެހާ ފަސޭހައެއް ނޫނެވެ. ހުރަހަކީ މާލީ ތަނަވަސްކަން ކުޑަވުމެވެ.


ލިކަމެކުން މިހާރު މިވަނީ މިފަދަ މީހުންނަށް ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ. މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ލިކަމެކުން ބާއްވާ ނައިޓުމާކެޓަކީ އެ މާކެޓުގައި ބައިވެރިވާ މީހުންނަށް ފައިދާ ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ނައިޓް މާކެޓެކެވެ.

ކުޑަ އިންވެސްޓްމަންޓަކާއެކު ބޮޑު ފައިދާއެއް ހޯދާލެވޭނެ މި ނައިޓް މާކެޓުން މިހާރު ވަނީ ސްޓޯލްތައް ދޫކުރަން ފަށާފަ އެވެ. އެގޮތުން މި ފަހަރު ބާއްވާ މާކެޓުގައި 230 ސްޓޯލް ބަހައްޓާއިރު ކޮންމެ ސްޓޯލެއް ވެސް ލިބެން ހުންނަނީ އެންމެ 8،000 ރުފިޔާއަށެވެ. މިއީ މިފަދަ މާކެޓެއްގައި ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ އާމްދަނީގެ ކުޑަ ޕަސެންޓެކެވެ. މި ނައިޓް މާކެޓުގެ ސްޓޯލް ގަންނަން ބޭނުންވާ ފަރާތްތަކުން 9409999 އަށް ގުޅާލުމުން ނުވަތަ ލިކަމެކް އޮފީހަށް ޒިޔާރަތް ކޮށްލުމުން ސްޓޯލްތައް ލިބޭނެ އެވެ.

ލިކަމެކްގެ ނައިޓް މާކެޓަކީ ގިނަ ބައެއްގެ އިތުބާރާއި ތަރުހީބު ލިބިފައިވާ ނައިޓް މާކެޓެކެވެ. އެގޮތުން މި ނައިޓް މާކެޓް ބާއްވާ ސަރަހައްދުގެ ސެކިއުރިޓީ ކަންތައްތައް ލިކަމެކުން ވަނީ ވަރުގަދަކޮށްފަ އެވެ. ސެކިއުރިޓީ ވަރުގަދަ ކުރަނީ ވިޔަފާރިވެރިންނަށް އެއްވެސް ކަންބޮޑުވުމެއް ނެތި ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ގިނަ ފަހަރަށް ނައިޓް މާކެޓުތަކުގައި ސްޓޯލްތަކުން ވައްކަން ކުރުން ފަދަ ކަންތައް ދިމާވެ އެވެ. ނަމަވެސް ލިކަމެކްގެ ނައިޓް މާކެޓުތަކުގައި މިފަދަ ކަންތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.

މީގެ ކުރިން ބާއްވާފައިވާ ނައިޓް މާކެޓުތަކަށް ބަލާއިރު ސްޓޯލް ގަންނަ ގިނަ ވިޔަފާރިވެރިންގެ ތައުރީފު ލިކަމެކަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ލިކަމެކަށް ލިބިފައިވާ ފީޑްބެކް ފޯމްތަކަށް ބަލާއިރު 95 ޕަސެންޓު ފޯމުތަކުގައި ވިޔަފާރިވެރިން ބަޔާންކޮށްފައިވަނީ އެ ނައިޓް މާކެޓަށް އިތުބާރު ކުރެވޭ ވާހަކަ އެވެ. އަދި ލިކަމެކުން ބާއްވާ އިތުރު ނައިޓް މާކެޓުތަކުގައި ބައިވެރިވާން ޝައުގުވެރިކަން ވެސް އެ ވިޔަފާރިތަކުން ވަނީ ފާޅުކޮށްފަ އެވެ.

މި މަހުގެ 26 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ ނައިޓް މާކެޓު ހާއްސަކޮށްފައި ވަނީ އެންމެ ކުދި ވިޔަފާރިތަކަށެވެ. އެގޮތުން "ސޯލް ޕްރޮޕްރައިޓާ ޝިޕް" ވިޔަފާރިތައް ކުރާ ފަރާތްތަކަށް ސްޓޯލް ދޫކުރުމުގައި ލިކަމެކުން އިސްކަން ދޭނެ އެވެ. ލިކަމެކުން ބުނާ ގޮތުގައި މިގޮތަށް އެންމެ ކުދި ވިޔަފާރިތަކަށް ނައިޓް މާކެޓް ހާއްސަކުރަނީ އެ ފަރާތްތަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުންނެވެ. ނައިޓް މާކެޓުގެ ސްޓޯލަކަށް 8000 ރުފިޔާ ހަރަދުކޮށްގެން ދުވާލެއްގެ މައްޗަށް އޭގެ ދެގުނަ ނުވަތަ ތިން ގުނަ ވިޔަފާރި ކުރެވޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ލިކަމެކްގެ މިފަހަރުގެ ނައިޓް މާކެޓުގައި ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ތަފާތު ހިދުމަތްތައް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ހުޅުމާލެ އިން އަންނަ ފަރާތްތަކަށް ހެލްމެޓް ބަހައްޓާނެ ސްޓޭންޑަކާއި، ސައިކަލް ޕާކު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ވާނެ އެވެ.

މީގެ އިތުރުން ކުޑަކުދިން ގޮވައިގެން ދާ ފަރާތްތަކަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަރަކާތްތައް ވެސް މި ނައިޓް މާކެތުގެ ތެރެއިން ކުރިއަށް ދާނެ އެވެ. މި ހުރިހާ ކަންތައްތަކަކީ ވެސް ނައިޓް މާކެޓަށް އަންނަ މީހުން ގިނަކޮށް ސްޓޯލްތައް ގަންނަ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ލިކަމެކުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.