މެންޑަރީނާ ކޮލަމްބޯއިން ވަނީ ދިވެހިންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށާފައި--

މެންޑަރީނާ ކޮލަމްބޯ އިން ދިވެހިންނަށް ހެޔޮ އަގުތަކެއް!

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ އެންމެ މަޝްހޫރު ސަރަހައްދުގައި ހުންނަ "މެންޑަރީނާ ކޮލަމްބޯ" ހޮޓަލުން ދިވެހިންނަށް ހާއްސަ އަގުތަކެއް ހަމަޖައްސައިފި އެވެ.


މި މަހުގެ 15 އިން ފެށިގެން އޮގަސްޓް 31 އަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ދުވާލަކު 48 ޑޮލަރު (740 ރުފިޔާ) އިން ފެށިގެން ކޮޓަރިތަައް ލިބެން އެބަ ހުއްޓެވެ.

މެންޑަރީނާއަކީ ވަރަށް ހިތްގައިމު ހޮޓަލެކެވެ. އެކި ފެންވަރުގެ ކޮޓަރިތައް އެތަނުން ލިބެން ހުރެ އެވެ.

މެންޑަރީނާ އިން މި ޕްރޮމޯޝަން ފަށާފައި ވަނީ ތަފާތު ބޭނުންތަކުގައި ލަންކާ އަށް ދާ ދިވެހިންނަށް ހެޔޮ އަގުގައި އެކަމަކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.

މެންޑަރީނާ ކޮލަމްބޯއަކީ އެކި ބޭނުންތަކުގައި ލަންކާ އަށް ދާ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ނަމެކެވެ. ބޭސް ފަރުވާއަށާއި ޗުއްޓީތަކަށް ދާ ވަރަށް ގިނަ ދިވެހިން އެ ހޮޓަލުގައި ތިބެ އެވެ.

މެންޑަރިނާގެ ލޮބީ: މިއީ ގިނަ ދިވެހިން ގޮސް އުޅޭ ހޮޓަލެއް-- ފޮޓޯ: މެންޑަރީނާ ކޮލަމްބޯ

މެންޑަރީނާ ކޮލަމްބޯގެ އެންމެ ހާއްސަ ކަމަކީ އެތަން ހުންނަ ސަރަހައްދެވެ. އެތަން ހުންނަނީ ދިވެހިން އެންމެ ގިނައިން ދާ ހޮސްޕިޓަލްތަކާއި ވިޔަފާރި މޯލްތައް ކައިރީގަ އެވެ. އެހެންކަމުން މެންޑަރީނާގައި ތިބުމުން ދަތުރުފަތުރަށް ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑުތަން ކުޑަވެ އެވެ.

މެންޑަރީނާގައި ގާއިމްކޮށްފައިވާ ޕޫލަކީ ހިތްގައިމު މަންޒަރުތައް ފެންނާނެހެން ހަދާފައިވާ ޕޫލެއް-- ފޮޓޯ: މެންޑަރީނާ ކޮލަމްބޯ

ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނުގެ ދަށުން ކޮޓަރިތައް ބުކްކުރަން ބޭނުންވާ މީހުން އެ ހޮޓެލްގެ ވެބްސައިޓް www.mandarinacolombo.com އަށް ޒިޔާރަތް ކުރުމަށް ފަހު ދިވެހިންނަށް ހާއްސަ ޕްރޮމޯ ކޯޑު MYHOME ޖެހުމުން ކޮޓަރި ބުކްކުރެވޭނެ އެވެ. މީގެ އިތުރުން 94703367110+ ނުވަތަ 94702583515+ އަށް ވަޓްސްއަޕް ކޮށްލުމުން ވެސް ކޮޓަރި ބުކްކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

މެންޑަރީނާގެ ޑީލަކްސް ކޮޓަރިއެއް: މި ހޮޓަލުގައި ތިން ވައްތަރެއްގެ ކޮޓަރި ހުރޭ-- ފޮޓޯ: މެންޑަރީނާ ކޮލަމްބޯ

މެންޑަރީނާއިން ލިބެން ހުންނަ ކޮޓަރިތަކުގެ ތެރޭގައި ޑިލަކްސް، ޕްރިމިއަމްގެ އިތުރުން ސްޓޭންޑާޑް ކޮޓަރިތައް ހިމެނެ އެވެ. މި ކޮޓަރިތަކުގައި ކޮފީ އާއި ސައި ހަދަން ބޭނުންވާ ހުރިހާ ސާމާނެއް ހުރެ އެވެ. މީގެ އިތުރުން އެންމެ ބާރު ސްޕީޑުގެ ވައިފައި ވެސް ލިބޭނެ އެވެ.

މެންޑަރީނާގެ ޑީލަކްސް އަދި ޕްރިމިއަމް ކޮޓަރިތަކަކީ ވިޔަފާރީގެ ކަންތައްތަކުގަ އާއި ޗުއްޓީ ހޭދަކޮށްލުމަށް ދާ ފަރާތްތަކަށް ކަމުދާނެ ކޮޓަރިތަކެކެވެ. މި ކޮޓަރިތަކުން އިންޑިއާ ކަނޑުގެ ހިތްގައިމު މަންޒަރު ބަލާލެވޭނެ އެވެ. މި ކޮޓަރިތައް ފަރުމާކޮށްފައި ވަނީ ވިޔަފާރި ވެރިންނަށް ބޭނުންވާ ކަންތައްތަކަށް ބަލައިގެންނެވެ.

ބެންކުއެޓް ހޯލް: މިއީ ޕާޓިތަކާއި އެކި ހަފްލާތައް ބާއްވަން ހާއްސަކޯށްފައިވާ ހޯލެއް-- ފޮޓޯ: މެންޑަރީނާ ކޮލަމްބޯ

ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމެއްގެ އިތުރުން އެކި ހަފްލާތަކަށް ބެންކުއެޓް ހޯލެއް ވެސް މި ހޮޓަލުގައި ވަނީ ގާއިމް ކޮށްފައި ވެއެވެ. އެހެން ކަމުން މި ހޮޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވިޔަފާރި ބައްދަލުވުންތަކާއި ޕާޓީތަކުގެ އިތުރުން ތަފާތު ސެޝަންތައް ބޭއްވުމުގެ ފުރުސަތު ލިބޭނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހުޅުވި މި ހޮޓަލުގައި ރޫފް ޓޮޕް ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. މި ރެސްޓޯރެންޓުން ޕްރޮފެޝަނަލް ޝެފުން ތައްޔާރު ކުރާ އެކި ބާވަތްތަކުގެ ކާނާ ލިބެން ހުންނައިރު ލަންކާގެ ހިތްގައިމު މަންޒަރުތައް ވެސް މި ރެސްޓޯރެންޓުން ފެންނަން ހުރެ އެވެ.

މެންޑަރީނާގެ ރެސްޓޯރެންޓް: މި ރެސްޓޯރެންޓުން ތަޖުރިބާކާރު ޝެފުންގެ ތަފާތު ކުޒީންތައް ލިބެން ހުންނާނެ-- ފޮޓޯ: މެންޑަރީނާ ކޮލަމްބޯ

މީގެ އިތުރުން ރެސްޓޯރެންޓް ކައިރީގައި އިންފިނިޓީ ޕޫލެއްވެސް ހުރެ އެވެ. މިއީ ހޮޓަލަށް ޒިޔާރަތް ކުރާ މީހުންނަށް އެންމެ ހިތްގައިމު އެއްތަނެވެ. މެންޑަރީނާ ކޮލަމްބޯގައި ޖިމް ޖައްސަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ލިބޭނެ އެވެ. އެގޮތުން ޕޫލް ކައިރީގައި ހުންނަ ރޫފްޓޮޕް ޖިމުން އެ ހޮޓަލަށް ޒިޔާރަތް ކުރާ އެންމެނަށް ހިދުމަތް ލިބޭނެ އެވެ.

މެންޑަރީނާގެ ޖިމް: މި ޖިމުން އެ ހޮޓަލުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހިދުމަތް ލިބޭނެ-- ފޮޓޯ: މެންޑަރީނާ ކޮލަމްބޯ

ލަންކާއަކީ ރާއްޖެއާ އަވައްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދިވެހިން ދަތުރު ކުރާ އެއް ގައުމަށް ވާއިރު މި ގައުމަށް ދިއުމަށް ވިސާ ހޯދުން ވެސް މިހާރު ވަނީ ފަސޭހަ ވެފަ އެވެ. އެގޮތުން ލަންކާ އަށް ދިއުމުން "އޮން އެރައިވަލް ވިސާ" މިހާރު ލިބެ އެވެ.

ލަންކާއަކީ ދިވެހިންގެ ދެވަނަ ގެ ފަދަ ގައުމެކެވެ. އެގޮތުން ލަންކާގައި މިހާރު ވެސް ދިވެހި އެތައް އާއިލާއެއް ދިރިއުޅެ އެވެ.