ދިލްމާ ސައިފަތުގެ މުޅިން އާ ރަހަތަކެއް!

ސިމްޑީ އާއި ދިލްމާ ގުޅިގެން ސައިފަތުގެ މުޅިން އާ ރަހަތަކެއް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.


ކުރުނބާ މޯލްޑިވްސްގައި ބޭއްވި "ދިލްމާ ޓީ އެޕްރިސިއޭޝަން" ހަފްލާގައި ދިލްމާ ބްރޭންޑުގެ ސައިފަތް އުފައްދާ ގޮތާއި ސައިފަތުގެ ކޮލިޓީ ދަމަހައްޓަން އެ ކުންފުނިން ކުރާ މަސައްކަތްތައް ވަނީ ދައްކާލައިފަ އެވެ. މި ހަފްލާގައި ބައިވެރިންނަށް ސައިފަތާ ގުޅޭގޮތުން މައުލޫމާތު ދީފައިވަނީ ދިލްމާ ކުންފުނީގެ ފައުންޑާ މެރިލް ޖޭ ފެނާންޑޯގެ ދަަރިކަލުން ދިލްހާން ސީި ފެނާންޑޯ އެވެ.

ދިލްހާން ވަނީ މި ހަފްލާގައި ތާފާތު ކާބޯތަކެއްޗާ އެކު ސައިފަތް ބޭނުން ކުރާނެ ގޮތްތަކާއި ފިނި ބުއިމުގެ ގޮތުގައާއި ހޫނު ބުއިމުގެ ގޮތުގައި ސައިފަތް ބޭނުން ކުރާނެ ގޮތްތައް ކިޔައިދީފަ އެވެ.

ދިލްހާން ސީ ފެނާންޑޯ: އޭނާ ވަނީ ސައިފަތާއި ގުޅޭ ތަފާތު މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައި-- ފޮޓޯ: ސްކައިޒް މޯލްޑިވްސް

އިއްޔެ ބޭއްވި މި ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓާތަކުގެ ފުޑް އެންޑް ބެވަރެޖް ދާއިރާގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މި ހަފްލާގެ ސަބަބުން އެ ފަރާތްތަކުން ސައިފަތާ މެދު ދެކޭ ގޮތް ވަނީ މުޅިން ބަދަލުވެފަ އެވެ. އެގޮތުން އެ ހަފްލާގައި ކުރުނބާ މޯލްޑިވްސްގެ ބައިވެެރިއަކު ބުނީ މި ހަފްލާގެ ސަބަބުން، ސައިފަތުގެ ބޭނުން ހިފޭނެ ތަފާތު ގޮތްތައް ދަސްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ދިލްމާ ސައިފަތް ރިސޯޓުގައި ބޭނުން ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް ބޭނުން ޖެހިފައި އޮތް އިވެންޓެއް. މި އިވެންޓުގެ ސަބަބުން ސައިފަތުގެ އެކި ބޭނުންތަކާއި ތަފާތު ކުޒީންތަކާ އެކު ކޮން ކަހަލަ ސައެއްކަން ބޭނުން ކުރަންވީ އެނގިގެން ހިނގައްޖެ. އަޅުގަނޑުމެން ރިސޯޓުގައި މިހާރު ވެސް މި ސައިފަތް ބޭނުން ކުރޭ. އެކަމަކު ކުރިއަށް އޮތްތާނގައި މި އިވެންޓުގެ ސަބަބުން ދަސްވި ޑްރިންކްސްތައް މި ރިސޯޓުން ވެސް ލިބެން ހުންނާނެ." ކުރުނބާ މޯލްޑިވްސްގެ ބައިވެރިއަކު ބުންޏެވެ.

ދިލްމާ ޓީ އެޕްރިސިއޭޝަން ހަފްލާގެ ތެރެއިން-- ފޮޓޯ:ސްކައިޒް މޯލްޑިވްސް

ދިލްމާއިން ކޮންމެ އަހަރަކު ތަފާތު ގައުމުތަކުގައި ބާއްވަމުން އަންނަ މި ހަފްލާގައި ސައިފަތް ބޭނުންކޮށްގެން އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށްލެވޭނެ ގޮތްތައް ވެސް ވަނީ ކިޔައިދީފަ އެވެ. އެގޮތުން "ވޯލްޑް ފްލެއާ އެސޯސިއޭޝަން"ގެ ހަތަރު ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ބާޓެންޑާއެއް ކަމުގައިވާ ޓޮމެކް މަލެކް ވަނީ ސައިފަތް ބޭނުންކޮށްގެން ތަފާތު ބުއިންތައް ތައްޔާރު ކުރާނެ ގޮތްތައް ދައްކައިދީފަ އެވެ.

"ވޯލްޑް ފްލެއާ އެސޯސޮއޭޝަން" ގެ ހަތަރު ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ބާޓެންޑާ ޓޮމެކް މަލެކް-- ފޮޓޯ:ސްކައިޒް މޯލްޑިވްސް

"ދިލްމާ ޓީ އެޕްރިސިއޭޝަން" ހަފްލާގެ ބައިވެރިއަކު ބުނީ ޓޮމެކް މަލެކް ފަދަ ހުނަރުވެރި މީހަކު ގެނެސްގެން ރާއްޖޭގައި މި ފެންވަރުގެ ސައިފަތުގެ ހަރަކާތެއް ބޭއްވީތީ އުފާ ކުރާ ކަމަށެވެ. މި ހަފްލާގެ ސަބަބުން ދިލްމާ ސައިފަތް ބޭނުންކޮށްގެން އަމިއްލަ ބުއިންތަކެއް ތައްޔާރުކުރުމަށް ހިތްވަރު ލިބުނު ކަމަށް އޭނާ ބުންޏެވެ.

"މިއީި ރާއްޖޭގައި މިހާ ބޮޑު އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރު. މި ފަދަ އިވެންޓެއްގައި ޓޮމެކް މަލެކް ގެ ހަރަކާތްތައް ފެނި އާ ޑްރިންކްސް ތައްޔާރު ކުރާނެ ގޮތްތައް އެނގުމުން ވަރަށް އުފާވެއްޖެ. އާ ޑްރިންކްސް ތައްޔާރުކޮށްލުމަށް ވަރަށް ބޮޑު ހިތްވަރެއް އަސްލު މި ލިބުނީ،" މި ހަފްލާގެ ބައިވެރިއަކު ބުންޏެވެ.

ދިލްމާ ޓީ އެޕްރިސިއޭޝަން ހަފްލާގެ ތެރެއިން-- ފޮޓޯ:ސްކައިޒް މޯލްޑިވްސް

ދިލްމާއިން ވަނީ އެ ކުންފުނިން އެންމެފަހުން ތައާރަފްކޮށްފައިވާ "އެލިކްސާ އޮފް ސިލޯން ޓީ"ގެ ރަހަތައް ވެސް މި ހަފްލާގެ ތެރެއިން ދައްކާލަފަ އެވެ. މިއީ "އައިސް ޓީ" ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ އުފެއްދުމެކެވެ.