މިނިވަންދުވަހާ ގުޅިގެން ރަންފައުނުގެ ހާއްސަ ޕްރޮމޯޝަނެއް!

މިނިވަންދުވަހާ ގުޅިގެން ރަންފައުނުން އެލްޖީ އޭސީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެލްޖީ ބްރޭންޑުގެ އޭސީތައް ޑިސްކައުންޓްތަކާ އެކު ހާއްސަ އަގުތަކެއްގައި ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މި ޕްރޮމޯޝަނުގައި 9000 ބީޓީޔޫގެ އޭސީތައް 5،750 ރުފިޔާ އަށް ލިބެން ހުންނައިރު 12000 ބީޓީޔޫގެ އޭސީތައް ލިބެން ހުންނާނީ 6،750 ރުފިޔާ އަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި މި ފިހާރައިން މާލެ އާއި ހުޅުމާލެ އަށް އަދި ބޯޓުފަހަރަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. އޭސީތައް އިންސްޓޯލް ކުރަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި އެ ހިދުމަތް ވެސް މި ފިހާރައިން ފޯރުކޮށްދެ އެވެ.

ރަންފައުނުން ބުނީ މި ޕްރޮމޯޝަނަކީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ފިހާރައިގެ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އޭސީ ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

ރަންފައުނަކީ އޭސީ އާއި ތަފާތު އިލެކްޓްރޯނިކް ސާމާނު ވިއްކާ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.