ދިލްމާ ސައިފަތް: އާ ޖީލުތަކަށް ވަރަށް ކަމުދާނެ

މިހާރު ދިވެހިންނަށް އެންމެ ކަމުދާނީ ކޮންމެވެސް ފިނިބުއިމެއް ނުވަތަ ކޮފީއެކެވެ. ރައްޓެއްސަކާ ބައްދަލު ކޮށްލަން ބޭނުން ކަމަށްވީ ނަމަވެސް ދާނީ ކޮފީ އަކަށެވެ. ނަމަވެސް މިހާރު ކޮފީ އާއި ފިނި ބުއިމުގެ ބަދަލުގައި ސައިފަތް ހިޔާރުކުރާ ޒުވާނުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.


އެގޮތުން މިހާރު ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ސައިފަތަކީ "ދިލްމާ" ބްރޭންޑުގެ ސައިފަތެވެ. އެކި ފްލޭވާތައް އެކުލެވޭ މި ސައިފަތް ތަފާތު އެކި ގޮތްތަކަށް ބޭނުން ކުރެވެ އެވެ. ދިލްމާ ސައިފަތް ޒުވާނުންގެ މެދުގައި މަގުބޫލު ވެފައި ވަނީ މި ސަބަބާހުރެ އެވެ.

ދިލްމާގެ ސީއީއޯ މީޑިއާ އަށް މައުލޫމާތު ދެއްވަނީ- ފޮޓޯ: ސްކައިޒް މޯލްޑިވްސް

ދިލްމާ އާއި ސިމްޑީ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި "ޓީ އެޕްރިސިއޭޝަން" ހަފްލާގައި ދިލްމާ ސައިފަތުގެ ރަހަތައް ވަނީ ދައްކާލައިފަ އެވެ. މި ސައިފަތާ ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ ދިލްހާން ސީ ފެނާންޑޯ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ އާ ޖީލުތަކަށް ކަމުދާ ފަދަ ސައިފަތް ބާޒާރަށް ނެރުމަށް ކަމަށެވެ. އެގޮތުން ކާނާގެ އެކި ޓްރެންޑްތައް މިހާރު ފެންނަމުންދާއިރު ސައިފަތުގެ ޓްރެންޑްތައް އައުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދިލްހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު އެބަފެނޭ ކާ އެއްޗެހީގެ އެކި ޓްރެންޑްތައް. އަޅުގަނޑު ރާއްޖެ މިއައީ ވަރަށް ދުވަސްކޮށްފައި. މި ފެންނަނީ ހުރިހާ އެއްޗެއް ވެސް ބަދަލުވެފައިވާ ތަން. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އާ ޖީލުތަކަށް ކަމުދާ ސައިފަތް ފޯރުކޮށްދޭން. އަޅުގަނޑު ކުރިން ހަމައެކަނި ސައިފަތުގެ ވާހަކަތައް މި ދައްކަނީ. އެހެންނަމަވެސް މިފަހަރު އަޅުގަނޑު މިއައީ ސައިފަތުގެ ހަރަކާތްތައް ދައްކާލުމަށް ޓޮމެކް މަލިކް ވެސް ގޮވައިގެން،" ދިލްހާން ވިދާޅުވި އެވެ.

"ވޯލްޑް ފްލެއާ އެސޯސޮއޭޝަން" ގެ ހަތަރު ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ބާޓެންޑާ ޓޮމެކް މަލެކް-- ފޮޓޯ: ސްކައިޒް މޯލްޑިވްސް

ސައިފަތުގެ ރަހަތައް ދައްކާލުމަށް ބޭއްވި ހަފްލާގައި "ވޯލްޑް ފްލެއާ އެސޯސިއޭޝަން"ގެ ހަތަރު ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ބާޓެންޑާއެއް ކަމުގައިވާ ޓޮމެކް މަލެކް ވަނީ ދިލްމާ ސައިފަތް ބޭނުންކޮށްގެން ފިނި ބުއިންތައް ތައްޔާރު ކުރާނެ ގޮތްތައް ދައްކުވައިދީފަ އެވެ. މީގެ ތެރޭގައި އެތައް ބަޔަކަށް ކަމުދާ "މޮހިޓޯ"، ދިލްމާ ސައިފަތް ބޭނުންކޮށްގެން ހަދާނެ ގޮތްތައް އޭނާ ވަނީ ކިޔައިދީފަ އެވެ.

ދިލްހާން ވިދާޅުވީ ރާއްޖެ އަށް ދިލްމާ ސައިފަތް ތައާރަފްކުރީ ދިވެހިންނަކީ ސައިފަތުގެ ރަހަތައް ދަންނަ، ކޮލިޓީ އަށް ހޭލުންތެރި ބައެއްކަމުގައި ވާތީ ކަމަށެވެ. އަދި 20 އަހަރު ވަންދެން ސިމްޑއާ ގުޅިގެން ރާއްޖެ އަށް ސައިފަތް ފޯރުކޮށްދިނުމުގައި ކުރި މަސައްކަތުގެ ސަބަބުން ރާއްޖެ އާއި ދިލްމާ ކުންފުންޏާ އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިމްޑީ އާ ގުޅިގެން ރާއްޖެ އަށް ދިލްމާ ސައިފަތް ޑިސްޓްރިިއުޓް ކުރާތާ މިހާރު މިވަނީ 20 އަހަރުވެފައި. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ތިބެނީ ސައިފަތަށް ލޯބި ކުރާ ސައިފަތުގެ ކޮލިޓީ އެޕްރިޝިއޭޓް ކުރާ ބައެއް،" ދިލްހާން ވިދާާޅުވި އެވެ.

ދިލްމާގެ ސީއީއޯ މީޑިއާ އަށް މައުލޫމާތު ދެއްވަނީ- ފޮޓޯ: ސްކައިޒް މޯލްޑިވްސް

ދިލްމާ ސައިފަތަކީ "ޓްރެންޑީ" ސައިފަތެއް ކަމަށް ގިނަަ ޔަބަކު ގަބޫލުކުރާއިރު މި ސައިފަތަކީ ސިއްހީ ގޮތުން ވެސް ގިނަގުނަ ފައިދާތައް އެކުލެވޭ ސައިފަތެކެވެ. ދިލްހާން ވިދާޅުވި ގޮތުގައި ސައިފަތުގެ ސަބަބުން މި ޒަމާނުގައި ގިނަ އަދަދަކަށް ފެންނަ ސިއްހީ ބައެއް ކަންތައްތަކަށް ހައްލު ލިބެ އެވެ. އެގޮތުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ސްޓްރެސް ފަދަ އާންމު ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކެންސަރުގެ ތަފާތު ބަލިތަކަށް ވެސް ސައިފަތުގެ ސަބަބުން ފަރުވާ ލިބޭ ކަމަށް ދިލްހާން ވިދާޅުވި އެވެ. މުސްކުޅި އުމުރުގައި އާންމުކޮށް ދިމާވާ ހަނދާން ނެތުމުގެ ބަލިން ވެސް ސައިފަތުގެ ސަބަބުން ފަރުވާ ލިބޭ ކަމަށް ދިރާސާތަކުން ހޯދިފައިވާ ކަމަށް ދިލްހާން ވިދާޅުވި އެވެ.

"ސައިފަތަކީ އަސްލު އެތަކެއްގޮތުން ސިއްހަތައް ފައިދާ ކުރާ އެއްޗެއް. އެގޮތުން "ޑިމެންޝިއާ" (ހަނދާން ނެތުމުގެ ބަލި) އާއި 22 ވައްތަރެއްގެ ކެންސަރުން ސަލާމަތް ކޮށްދޭ. މީގެ އިތުރުން ހޮތުގެ ބަލިތަކާއި ސްޓްރޯކާއި ސްޓްރެސް ފަދަ އާންމުކޮށް ފެންނަ ބަލިތަކުން ވެސް ސަލާމަތް ކޮށްދޭ އެއްޗެއް ސައިފަތަކީ. އަސްލު ސައިފަތަކީ ބޭހެއް ކަހަލަ އެއްޗެއް،" ދިލްހާން ވިދާޅުވި އެވެ.

ދިލްމާ ސައިފަތުގެ ސަބަބުން ސިއްހީ ގޮތުން ލިބޭ ފައިދާތަކަށް އަލިއަޅުވާލައި، އެ ކުންފުނިން ވަނީ ފޮތެއް ވެސް ނެރެފަ އެވެ.