އަވަސް ރައިޑުން ޓްރާންސްޕޯޓުގެ ގަވާއިދަށް އަމަލުކުރާނެ!

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައި ޓެކްސީގެ ހިދުމަތް މާދަމާއިން ފެށިގެން ދޭން ފަށާނެ ކަމަށް، ޓެކްސީ ސެންޓަރު އަވަސް ރައިޑުން ބުނެފި އެވެ.


ޓްރާންސްޕޯޓުގެ އާ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ ބައެއް ޓެކްސީ ޑްރައިވަރުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން ގެންދާއިރު އަވަސް ރައިޑު ވެގެންދާނީ މި ގަވާއިދަށް އަމަލު ކުރާ ފުރަތަމަ ޓެކްސީ ސެންޓަރަށެވެ.

އަވަސް ރައިޑުގެ ސީއީއޯ މުހައްމަދު ޔާނިއު ރަމީޒް ވިދާޅުވީ، އަވަސް ރައިޑުން މަސައްކަތް ކުރާނީ ރައްކާތެރި، އިތުބާރު ހިފޭ ހިދުމަތްތައް ދޭން ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އާ އަގުތަކަށް އަވަސް ރައިޑުގެ ހުރިހާ ސެންޓަރުތަކުން މިހާރު އަމލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާނިއު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ޒަމާނީ ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް އަވަސް ރައިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ރައްޔިތުންނަށް ރައްކާތެރި، އިތުބާރުހިފޭ ހިދުމަތެއް ދިނުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން. މި މަހުގެ ހަތް ވަނަ ދުވަހު އަވަސް ރައިޑްގެ އެޕުންނާއި އަވަސް ރައިޑް ޓެކްސީ ސެންޓަރުތަކުން ވެސް އާ އަގުތަކަށް އަމަލު ކުރަން ފަށާނެ. އަޅުގަނޑުމެން ބޭނުންވަނީ ޓްރާންސްޕޯޓާ ގުޅިގެން ޒަމާނީ ޓެކްސީ ކުރުމުގެ ހިދުމަތެއް ދޭން،" ޔާނިއު ވިދާޅުވި އެވެ.

އަވަސް ރައިޑަކީ ޓްރާންސްޕޯޓުގެ އާ ގަވާއިދަށް އަމަލު ކުރާ ފުރަތަމަ ސެންޓަރު--

ޓްރާންސްޕޯޓް މިނިސްޓްރީން ފަހުން ކަނޑައަޅާފައިވާ ޓެކްސީ އަގުތައް

- މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް 25ރ.

- މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް 60ރ.

- ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް 60ރ.

- މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 75ރ.

އަވަސް ރައިޑަކީ ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޓެކްސީ ސެންޓަރެކެވެ. އެ ސެންޓަރުން ހިންގާ އަވަސް ރައިޑް އެޕްލިކޭޝަނަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ އާ ގަވާއިދުގެ ދަށުން އެންމެ ފުރަތަމަ ހުއްދަ ދިން އެޕްލިކޭޝަނެވެ.

އަވަސް ރައިޑް އެޕްލިކޭޝަން ގޫގުލް ޕްލޭއިންނާއި އެޕް ސްޓޯއިން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ.