ހެޔޮ އަގުތަކާ އެކު ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި

ރާއްޖޭގައި ފެންވަރު ރަނގަޅު އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރާ ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.


ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުގެ އަމާޒަކީ އަތްފޯރާފަށުގައި، ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ތަޢާރަފު ކުރުމެވެ. ނިއު އެޑީޝަނަކީ މިހާރު ވެސް އެތައް ބައެއް މަގުބޫލްކަން ހޯދާފައިވާ ކޮލިޓީ ޕްރޮޑަކްޓްތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ނިއު އެޑިޝަނުން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް، މޮންޓާލޭ ކަލެކްޝަން، މެޖިކް އަދި ލޭޔާ ޝޯޓް ފަދަ ނަން މަޝްހޫރު ބާވަތްތައް ފާހަގަކުރެވެ އެވެ.

މި ހޯލްސޭލް ސެންޓަރުގެ ސަބަބުން، ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ލިބޭނެ އެވެ. އެގޮތުން، މިހާރު ރާއްޖޭގައި އެންމެ ހެޔޮއަގުގައި ކޮލިޓީ ބޮޑީ ސްޕްރޭ ހޯލްސޭލް އަދި ރީޓެއިލް ކުރާ ފަރާތަކީ ނިއުއެޑިޝަން އެވެ. ދުނިޔޭގެ މަޝްހޫރު ބޮޑީ ސްޕްރޭ ބްރޭންޑެއް ކަމަށްވާ "ލިލީޑޯ ޕެރިސް" ރީޓެއިލްކޮށް، މިހާރު ފުޅިއެއް 35ރ. އަށް އެ ފިހާރައިން ލިބޭނެ އެވެ.

ނިއު އެޑިޝަނުން ބުނިގޮތުގައި، ރައްޖޭގެ މާކެޓުގައި އެކި ބްރޭންޑުގެ ބޮޑީ ސްޕްރޭ ލިބެން ހުންނައިރު ހެޔޮ އަގުގައި ލިބޭނީ ކޮލިޓީ ދަށް އެއްޗިއްސެވެ. ނަމަވެސް، ނިއު އެޑިޝަނުން ވިއްކާ ބޮޑީ ސްޕްރޭތަކަކީ ގްރޭޑް އޭ ކޮލިޓީގެ، ގިނަ އިރު ވަސް ހިފަހައްޓާ، އިތުބާރު ލިބިފައިވާ ބޮޑީ ސްޕްރޭތަކެއް ކަމަށް ނިއު އެޑިޝަނުން ބުނެ އެވެ.

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ--

މި ހޯލްސޭލް ސެންޓަރު ބޮޑީ ސްޕްރޭއާއި ސެންޓުގެ މާކެޓަށް އައި އިންގިލާބީ ބަދަލަކަށް ވާނެ ކަމަށް ވެސް ނިއު އެޑިޝަނުން ބުނެ އެވެ. އަދި ރާއްޖޭގައި އެތައް ކޮލީޓީ ޕްރޮޑަކްޓްތަކެއް ހެޔޮއަގުގައި މާކެޓަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުގެ މަޢުލޫމާތު ސާފު ކުރުމަށް 9918008 ނަންބަރަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި އެ ނަމްބަރުން އޯޑަރު ވެސް ބަލައިގަންނާނެ އެވެ.

ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރު ހުޅުވާފައިވާއިރު އެ ފިހާރައިން ދަނީ ހޯލްސޭލް ކަސްޓަމަރުންނާ އެކު ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ. މި ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ކުރާނެ ކަމަށް ނިއު އެޑިޝަނުން ބުންޏެވެ.

ނިއު އެޑީޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު ބޮޑު ރަސްގެފާނު މަގުގެ ވާތް ފަރާތުގަ އެވެ.