ނޯޓް ކޮސްމެޓިކަށް ލާމުން ވެސް ބޮޑު ތަރުހީބެއް

ދިވެހި ޒުވާން އަންހެން ކުދިންގެ މެދުގައި މަޝްހޫރު ނޯޓް ކޮސްމެޓިކްސްގެ މޭކަޕަށް ލ. އަތޮޅުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ނިއު އެޑިޝަނުން ބުނެފި އެވެ.


ނިއު އެޑިޝަނަކީ ރާއްޖޭގައި ނޯޓް ކޮސްމެޓިކްސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. ނޯޓް އަކީ ދުނިޔޭގެ ފާހަގަކޮށްލެވޭ މޭކަޕް ބްރޭންޑުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ. މި ކުންފުނީގެ އުފެއްދުންތައް މުޅި ރާއްޖޭގައި މިހާރު ވެސް ވަރަށް މަޝްހޫރެވެ.

ނިއު އެޑިޝަނުން ބުނީ ލ. އަތޮޅުގައި ނޯޓް ކޮސްމެޓިކްސް އަށް ޑިމާންޑް ބޮޑުވުމާ ގުޅިގެން އެ އަތޮޅުން އެ ބްރޭންޑުގެ މޭކަޕް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި މެސެޖްތައް ލިބެމުން އަންނަ ކަމަށެވެ. މި ބްރޭންޑަށް އެ އަތޮޅުގައި ޑިމާންޑު ބޮޑުވެފައިވަނީ މި މޭކަޕަކީ ދިވެހިންގެ ހަމާ ގުޅޭ ހަރަދު ކުޑަ މޭކަޕަކަށް ވާތީ ކަމަށް ލާމުގެ ބައެއް ޒުވާނުން ބުނެ އެވެ.

"އަޅުގަނޑުމެންނަށް އާދޭ މިހާރު ވަރަށް ގިނަ ރިކުއެސްޓް ނޯޓް ކޮސްމެޓިކްސް ލ. އަތޮޅުން ލިބޭނެ ގޮތް ހަދައިދިނުމަށް އެދި. އެ އަތޮޅުގެ ކުދިން ބުނާގޮތުގައި މި ބްރޭންޑުގެ މޭކަޕަކީ އެ ކުދިންގެ ހަމާ ވަރަށް ގުޅޭ އެއްޗެއް. މި ބޭނުންކުރުމުން އެއްވެސް ގެއްލުމެއް ނުވާ ކަމަށް އެ ކުދިން ބުނޭ،" ނިއު އެޑިޝަންގެ އޮފިޝަލަކު ބުންޏެވެ.

ނިއު އެޑިޝަނުން ވަނީ ލ. އަތޮޅުގައި ނޯޓަށް އޮތް ތަރުހީބުގެ ސަބަބުން އެ އަތޮޅުގައި ނޯޓުގެ ގިފްޓް ޕެކް ވެސް ބަހައިފަ އެވެ.

ނޯޓް ކޮސްމެޓިކްސް އަކީ ފަތްޕިލާވެލިންނާއި ގުދުރަތީ އެކި މާއްދާތައް ބޭނުންކޮށްގެން އުފައްދާ މޭކަޕް ސާމާނުތަކެކެވެ. އެހެންކަމުން މި މޭކަޕަކީ ހަލާލު މޭކަޕްގެ ތެރޭގައި ހިމެނޭ މޭކަޕް ބްރޭންޑެކެވެ. މިއީ ވެސް ދިވެހިންނަށް މި މޭކަޕް ކަމުދާ އެއް ސަބަބެވެ.