އަގުހެޔޮ މެނޫތަކާއެކު ދަ ކިޗެންގެ ހާއްސަ ޕްރޮމޯޝަންތަކެއް

ދަ ކިޗެން އިން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަންތަކެއް އެ ރެސްޓޯރެންޓުން ފަށައިފި އެވެ.


މި ޕްރޮމޯޝަނުގައި 130ރ. އިން ފެށިގެން 260ރ. އާ ހަމައަށް ފަސް މެނޫއެއް ލިބޭއިރު ކުރިއަށް އޮތް ތިން މަސް ދުވަހު (އޮކްޓޯބަރު، ނޮވެމްބަރު، ޑިސެމްބަރު) ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ. މި މުއްދަތުގައި ޕާޓީތަކަށާއި އެހެނިހެން ހާއްސަ ހަފްލާތަކަށް ކޭޓަރިންގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެތަނުން ކޭޓަރިންގެ ހިދުމަތް ހޯދާ މީހުންނަށް އިތުރު ހިދުމަތްތައް ވެސް ލިބޭނެ އެވެ. އެގޮތުން ހަފްލާތައް ބާއްވަން ބޭނުންވާ މީހުންނަށް އިތުރު އެއްވެސް ފީއަކާ ނުލައި ރެސްޓޯރެންޓުގައި ހަފްލާތައް ބޭއްވޭނެ އެވެ. މި ރެސްޓޯރެންޓުގައި އެއްފަހަރާ 100 އަށްވުރެ ގިނަ މީހުންނަށް ކޭޓާ ކުރެވޭނެ އެވެ.

ދަ ކިޗެންގެ ޑެލިވަރީ ޕެކޭޖެއް-- ފޮޓޯ: ދަ ކިޗެން

ދަ ކިޗެން އިން މިހާރު ވަނީ ކޭޓަރިންގެ ހިދުމަތުގެ އިތުރުން ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ. މި ހިދުމަތް ފެށުމުގެ ގޮތުން ވެސް އެ ރެސްޓޯރެންޓުން ވަނީ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ތިން ޕާރުސަލް އޯޑަރު ކުރުމުން އެއް ޕާރުސަލް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ދަ ކިޗަންގައި ރޭގަނޑުގެ ކެއުމުގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ރެސްޓޯރެންޓުގައި މެންދުރުގެ ބުފޭ ނަގާ މީހުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކުގެ ކެއުން ހިލޭ ލިބޭނެ އެވެ. ދަ ކިޗަންގެ މެންދުރު ބުފޭ އަށް މީހަކު ދައްކަން ޖެހޭނީ 150ރ. އެވެ.

ދަ ކިޗަންގައި ހަވީރު ސަޔަށް ވެސް ބުފޭއެއް ކުރިއަށްގެންދެ އެވެ. މި ބުފޭ އަށް މީހަކު 120ރ. ދައްކަން ޖެހޭއިރު މި ބުފޭއިން ވެސް ތިން މީހުންގެ ތެރެއިން އެކެއްގެ ސައި ހިލޭ ލިބޭނެ އެވެ.

ދަ ކިޗެންގެ ލަންޗް ބުފޭ-- ފޮޓޯ: ދަ ކިޗެން

ދަ ކިޗަންގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކުޒީންތައް ލިބޭއިރު ދިވެހި ކެއުން ވެސް ލިބެ އެވެ. އެގޮތުން ދިވެހި ކުކުޅާއި ފަރާޓާގެ އިތުރުން މެންދުރުގެ ކެއުމުގައި ވެސް ދިވެހި އެކި ބާވަތްތައް ހިމެނެ އެވެ.

ދަ ކިޗަން އިން ބުނާގޮތުގައި އެ ރެސްޓޯރެންޓާ އެހެން ރެސްޓޯރެންޓުތަކާ ހުރި ތަފާތަކީ ރަހައިގެ ތަފާތެވެ. އެ ރެސްޓޯރެންޓުގެ ރަހަ އާއި ކޮލިޓީ، އެހެން އެއްވެސް ބަޔަކަށް ވާދަ ނުކުރެވޭނެ ކަމުގެ ޔަގީންކަން ދަ ކިޗަން އިން ދެ އެވެ.