ދުނިޔޭގެ މަގުބޫލު 3 ބްރޭންޑެއް އެންމެކް މޯލްޑިވްސް އިން

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކެއް ކަމަށްވާ ވިކްޓޯރިނޮކްސް އާއި ޕޯލާ އަދި ވެންގާގެ އުފެއްދުންތައް އެންމެކް މޯލްޑިވްސް އިން ވިއްކަން ފަށައިފި އެވެ.


އެންމެކް މޯލްޑިވްސް އަކީ މި ތިން ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. މި ފިހާރައިން ލިބެން ހުންނަ ހުރިހާ ސާމާނަކީ އޮރިޖިނަލް، ކޮލިޓީ ރަނގަޅު އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ އެއްޗިއްސެވެ.

ހުރިހާ އުމުރަކާ ގުޅޭ އުފެއްދުންތައް ވިއްކާ މި ފިހާރައިން ލިބެން ހުންނަ ސާމާނުގެ ތެރޭގައި އަތް ދަބަހާއި އިޓަލީގެ މަޝްހޫރު ޕޯލާ ބްރޭންޑުގެ ސުޕާ ޕޮލޮރައިޒްޑް އަވި އައިނާއި ސުވިޒަލޭންޑުގެ ވެންގާ އަތުކުރީ ގަޑި އާއި ދަތުރުކުރާއިރު ބޭނުންވާ ލަގެޖާއި، އަތް ދަބަސް އަދި ތަފާތު ބާވަތްތަކުގެ ބަދިގެ އާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ވަޅި ހިމެނެ އެވެ.

އެންމެކް އިން ވިއްކާ ދަބަހެއް-- ފޮޓޯ: އެންމެކް

މި ފިހާރައިން ވިއްކާ ސްވިސް އާމީ ވަޅިއަކީ މީގެ 135 އަހަރު ކުރިން އެންމެ ފުރަތަމަ މި ވަޅިތައް ދުނިޔޭގެ ބާޒާރަށް ނެރުނު ކުންފުނި ވިކްޓޯރިނޮކްސްގެ އުފެއްދުންތަކެވެ. ވިކްޓޯރިނެކްސް އަކީ ދުނިޔޭގެ ފެންވަރުގެ ތަފާތު އެވޯޑުތައް ވެސް ހޯދާފައިވާ ބްރޭންޑެކެވެ.

އެންމެކް މޯލްޑިވްސްއިން ބުނީ އެ ފިހާރައިގެ ކަސްޓަމަރުން ތަކެތި ގަތުމުގައި ކޮލިޓީއަށާއި އުފެއްދުންތެރިކަމަށް ބަލައި ދިރާސާ ކުރާ ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ކަމުދާ ކޮލިޓީގެ އުފެއްދުންތައް ވިއްކުމަށް ސަމާލުކަން ދޭ ކަމަށް އެ ފިހާރައިން ބުންޏެވެ.

ހުޅުމާލޭގައި ހުންނަ އެންމެކްގެ ފިހާރަ-- ފޮޓޯ: އެންމެކް

މި ކުންފުނިން އެތެރެކުރާ ތަކެތި ހުޅުމާލޭގެ ޗަނބޭލީ މަގުގައި ހުންނަ މި ކުންފުނީގެ ފިހާރަ ކަމަށްވާ ބުރޭންޑްލޫމް އިން ލިބެން ހުންނާނެ އެވެ. އެ ފިހާރައިގައި އަބަދުވެސް އޮފާތައް ކުރިއަށްދާނެ ކަމަށް އެންމެކް މޯލްޑިވްސް ބުންޏެވެ. މިހާރު ވެސް ވިކްޓޯރިނޮކްސް އާއި ވެންގާ ބްރޭންޑުގެ ލަގެޖާއި ވެންގާ ބްރޭންޑުގެ ގަޑިތަކުން 20 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އަދި ކުރިއަށް ހުރި އޮފާތައް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އިޝްތިހާރު ކުރާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެންމެކް އިން ވިއްކާ ހުރިހާ ސާމާނަކީ ވެސް އެ އެއްޗެއް އުފެއްދި ކުންފުނިން ގެންނަ އެއްޗަކަށް ވާއިރު މި ފިހާރައިން ގަންނަ ހުރިހާ އެއްޗަކުން ވެސް ވޮރެންޓީ ލިބޭނެ ކަމަށް އެންމެކް އިން ބުންޏެވެ.

މި ފިހާރައިގެ އިތުރުން މާލޭގައި ރީޓެއިލް ޕާޓްނަރުންގެ ގޮތުގައި ދަރުމަވަންތަ މަގުގައި ހުންނަ އެކްސްޕްލޯ އަދި ޗާންދަނީ މަގުގައި ހުންނަ އެމްސީ ވެއާ ހަމަޖައްސާފައިވާނެ ކަމަށް އެންމެކް މޯލްޑިވްސްގެ މެނޭޖްމަންޓުން ބުންޏެވެ.

އެންމެކް މޯލްޑިވްސްއިން ބުނާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޔޫރަޕްގެ ކޮލެޓީ ބްރޭންޑުތައް މާލެ އާއި ރާއްޖޭގައި ބޮޑެތި އާބާދީ އޮންނަ އެހެން ރަށްރަށަށް ފޯރުކޮށްދިނުން ކަމަށެވެ.