ލެވިސްޓާ ކޮފީ ގަނެގެން ސައިކަލެއް

ލެވިސްޓާ ކޮފީގެ ދެ ދަޅު ގަތުމުން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ލޮޓަސް އިން ފަށައިފި އެވެ.


އަންނަ ޑިސެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި، ދެ ދަޅު ލެވިސްޓާ ކޮފީ ގަތުމުން ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަން ލާން ޖެހޭނީ ފަރީދީ މަގުގަ އާއި އަހުމަދީ ބާޒާރުގައި ހުންނަ ލޮޓަސް ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ފޮށި ތަކަށެވެ.

މި ލަކީ ޑްރޯގައި ބައިވެރިވާ މީހުންގެ ތެރެއިން ހޮވައިލެވޭ ދެ ނަސީބުވެރި އަކަށް 115،900ރ. ގެ ދެ ސައިކަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އެއްވަނަ އަށް ހޮވޭ މީހަކަށް 90،000ރ. ގެ ބެނެލީ ލިއޮންސީނޯ 250 ސީސީ ސައިކަލެއް ހުށަހަޅާފައިވާއިރު ދެވަނަ ނަސީބުވެރިޔާގެ އިނާމަކީ 25،900ރ. ގެ ލިންހާއި ކުޒީ ސައިކަލެކެވެ.

މި ޕްރޮމޯޝަނުގައި އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ ލިއޮންސީނޯ 250 ސީސީ ސައިކަލެއް-- ފޮޓޯ: ލޮޓަސް

ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައި ވަނީ ޕްރޮމޯޝަން ނިމުމުގެ 10 ދުވަސް ފަހުންނެވެ. އެހެންވެ، ޑިސެމްބަރު 20 ގައި މި ލަކީޑްރޯގެ ނަސީބުވެރިން ހޮވާނެ ކަމަށް ލޮޓަސް އިން ބުންޏެވެ.