ދިރާގު ޓީވީ ކާށިދޫ އާއި ކެޔޮދޫއަށް!

ދިރާގު ޓީވީގެ ހިދުމަތް ކ. ކާށިދޫ އާއި ވ. ކެޔޮދޫގައި ތައާރަފް ކޮށްފި އެެވެ.


ދިރާގުން ތައާރަފް ކުރި މި ހިދުމަތަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. މި ހިދުމަތް މާލެ އާއި ރަށްރަށުގައި ވެސް ދިރާގުން ދެނީ އެއް އަގެއްގަ އެވެ. މީގެ ތެރޭގައި ދިވެހި ހުރިހާ ޗެނަލަކާއި ބޭރު ގައުމުތަކުގެ މަޝްހޫރު ޗެނަލްތައް ހިމެނެ އެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ދިރާގުން ދެމުން އަންނަ ހިދުމަތެކެވެ. ނަމަވެސް، ދިރާގު ޓީވީގެ ސަބަބުން ގޭގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމަށް އިތުރު ހަރަދެއް ނުހިނގާނެއެވެ.

ކާށިދޫގައި ދިރާގު ޓީވީ އިފްތިތާހު ކުރުމުގެ ތެރެއިން-- ފޮޓޯ: ދިރާގު

ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ހުރި ނަމަވެސް ދިރާގު ޓީވީ އަށް ވަދެވޭނެ އެވެ. ދިރާގު ޓީވީ ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ބެލޭނެ އެވެ.

ދިރާގު ޓީވީ ތައާރަފު ކުރިތާ ދެ އަހަރު ވެފައިވާއިރު ގިނަ ކުރިއެރުންތަކެއް ދިރާގުން ވަނީ ހޯދާފަ އެވެ. އެގޮތުން ދިރާގު ޓީވީ އަށް ހާއްސަ މޯބައިލް އެޕްލިކޭޝަކާއި ވީޑިއޯ އޮން ޑިމާންޑް ފީޗާ ވަނީ ތައާރަފް ކޮށްފަ އެވެ. މީގެއިތުރުން ރާއްޖޭގެ ގޭބިސީގެ 72 ޕަސެންޓަށް ދިރާގުން ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ.