ރެޑްވޭވް އަހަރީ ބާޒާރުން އިތުރު ހަދިޔާތަކެއް ލިބުމުގެ ފުރުސަތު!

ކޮންމެ އަހަރެއްގެ ފަހު ކުއާޓާގައި ރެޑްވޭވުން ކުރިއަށްގެންދާ އަހަރީ ބާޒާރުން އިތުރު އިނާމްތަކެއް އެ ފިހާރައިން އިތުރުކޮށްފި އެވެ.


ރެޑްވޭވުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އެ ފިހާރައިން ކުރިއަށްގެންދާ އަހަރީ ބާޒާރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި އިތުރު އިނާމްތައް މި ޕްރޮމޯޝަންގެ ތެރެއިން ލިބޭގޮތް ހެދީ ވެސް މި ސަބަބާ ހުރެ ކަމަށް ރެޑްވޭވުން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ދަށުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު، 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން، "ހަފްތާސޭލް" ކުރިއަށް ގެންދިޔަހެން، ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްގުވާ ތިން ފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފަ އެވެ. މި ފުރުސަތުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް 1ވަނަ އިނާމުގެ ގޮތުގައި 5،000ރ، 2ވަނަ އަށް 3،000ރ. އަދި 3ވަނަ އަށް 2،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރެޑްވޭވް އަހަރީ ބާޒާރުގައި އާ ކުރި ޕްރޮމޯޝަނެއް--

ރެޑްވޭވުން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަން މެދުވެރިކޮށް ނަގާ ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރ. ލިބޭނެ އެވެ. އަދި އިތުރު 10 ކަސްޓަމަރަކަށް ރެޑްވޭވުން ލިބެން ހުންނަ ފަރުނީޗަރާއި އިލެކްޓްރޯނިކްސްގެ ތެރެއިން 10 އިނާމް ލިބޭނެ އެވެ.

މީގެ އިތުރުން ރެޑްވޭވުން ވަނީ އަހަރީ ބާޒާރުގެ ތެރެއިން ގިނަ އަދަދެއްގެ ސާމާނު އަގުހެޔޮކޮށްފަ އެވެ. އަދި އިތުރު ބްރޭންޑުތައް ވެސް ރެޑްވޭވުން އަންނަނީ ތައާރަފް ކުރަމުންނެވެ. މީގެ ތެރޭގައި ގަލަންޒް ބްރޭންޑްގެ އެއާކޯނާއި، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި ތަފާތު އެކި ވައްތަރުގެ އިލެކްޓްރޯނިކްސް އާއި ފަރުނީޗަރު ރެޑްވޭވުން ވަނީ ތައާރަފްކޮށްފަ އެވެ.