ވިޔަފާރި / އައްޑޫ

އައްޑޫގައި އަލަށް ހުޅުވާ ސައުތު ޕާމް ރިސޯޓަށް މުވައްޒަފުން ހޯދަނީ

އައްޑޫގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ރިސޯޓް ސައުތު ޕާމް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

މީދޫ ކައިރީގައި އޮންނަ އިސްމެހެލާހެރައިގައި ތަރައްގީ ކޮށްފައިވާ ރިސޯޓަށް މުވައްޒަފުން ހޯދަން އިއުލާންކުރި ދާއިރާތަކުގެ ތެރޭގައި ފްރޮންޓް އޮފީސް، އެފްއެންޑްބީ، ހައުސްކީޕިން، ޓްރާންސްޕޯޓް އަދި ކިޗެން ހިމެނެ އެވެ.

ސައުތު ޕާމުން ބުނިީ، ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ

މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ސައުތު ޕާމަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަގަން ނިންމައި، އައްޑު އާއި ފުވައްމުލަކުގައި އޯޕަންޑޭތަކެއް ވެސް ބާއްވާފައިވެ އެވެ.

ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް 2017 ގައި ފެށި ރިސޯޓްގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ތަރީގެ 130 ވިލާ ވަނީ ހަދައިފަ އެވެ. އަދި ދެވަނަ ފޭހުގައި ފަސްތަރީގެ 110 ވިލާ ހަދަން ވަނީ ނިންމައިފަ އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން 60 ބީޗް ވިލާ އާއި 30 ވޯޓާ ވިލާގެ އިތުރުން 20 އޯޝަން ވިލާ އާއި ބާ އެއްގެ އިތުރުން ސްޕާ އަދި ރެސްޓޯރެންޓެއް ހުޅުވާނެ ކަމަށް ސައުތު ޕާމުން ބުނެފައިވެ އެވެ.

މި ރިސޯޓަކީ އައްޑޫގައި ތަރައްގީކުރި ތިން ވަނަ ރިސޯޓެވެ. މި މަޝްރޫއު އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޕްރީލް 28، 2015 ގަ އެވެ.

އައްޑޫގައި މި ވަގުތު ހިންގަނީ ދެ ރިސޯޓެވެ. އެއީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓް މޯލްޑިވްސް (ހެރަތެރަ) އެވެ.

18 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން އަހުމަދު

10 November 2019

މަރުޙަބާ އަށްޑޫ ގެ ޒުވާނުން. ތިޔައީ ޓުައަރިޒަމް ދާއިރާގަ މަސަައްކަައް ކުރާ އެންމެ ހީވާގި އެންމެ ޕޮރޮފެސަނަލް ބަޔަކީ.

The name is already taken The name is available. Register?

ޙަބީބު

09 November 2019

ތިޔަ އިނގިރޭސިން ނޭރިނަމަ ސޯމާލިޔާއެކޭ އައްޑުއެކޭ ތަފާތެއްނު ވާނެ

The name is already taken The name is available. Register?

Mohamed Amjad

10 November 2019

އިޓަލީގެ ކޯބިން ރާއްޖެ ނައި ނަމަ ސޯމާލިޔާ އެއީ އޮންން ތަނެއްކަން ވެސް ތި މީހުނަކަށް ނޭގުނީސް

The name is already taken The name is available. Register?

ޢައްޑޫރަދުން

10 November 2019

ޢޭގެ ކުރިންވެސް އަމިއްލަ އޮޑި ފަހަރުގަ ދަތުރުކޮށް މަސްބޭރުކޮށް ކުފުރާ ރޯނު ފަންގި ބޭރު ކޮށް މުދާ އެތެރެ ކުރި

The name is already taken The name is available. Register?

އުމަރުބެ

09 November 2019

އައްޑޫގެ އެތެރެވަރި ސާފްނުވާ މައްސަލަ ބަލަން އެބަޖެހޭ، އެތެރެވަރީގެ އޮއިދެމުން އިތުރުކުރަންޖެހޭ، އޮއިވަރު އޮންނަގޮތް ބަލައި އެކަމަށް ހައްލު ހޯދަންޖެހޭ، މިހާރު ގަމާއި ފޭދޫއާއި ދޭތެރެއިންވެސް އޮއިނުދެމޭ، އެންވެރިކަންވެސްވަނީ ދަށައްގޮސްފައި

The name is already taken The name is available. Register?

ކައްކާ

09 November 2019

ތިކަން ހައްލުކުރަން ހުޅުމާލޭ މެދުން އޮއިދެމޭހެން 4 ބުރިޖު އެއަޅަނީ.

The name is already taken The name is available. Register?

ާއުނިމާ

09 November 2019

ކޮންމެ ބައެއް އިޢްލާނުކުރިޔަސް ދިވެހިންންަށް ލިބޭނީ އާދައިގެ ވަޒަިފާތައް

The name is already taken The name is available. Register?

ލާމު ރައްޔިތެއް

09 November 2019

ލ.އަތޮޅު އޮންނަނީ މަސްވެރިންގެ އަތޮޅަކަށް ހަދާފައެވެ. ފޮރުވާފައިވާ ސިޔާސަތެއްގެ ތެރޭގައެވެ. އެކަމަކު މަހުގެ އަގު ވެސް އެއްމެ ދަށްވާނީ ލ.އަތޮޅުގައެވެ މިހާރު ވެސް މާންދޫ އަށް އެއްމެ އަގުބޮޑު ކޮށް ވެސް ގަންނަނީ 16 ރުފިޔާ އަށް ކިލޯ އެކެވެ..މަސްވެރިކަން ރަގަޅު ވާއިރަށް މަސްކިރުން ހުއްޓާލާނެއެވެ.މި އަތޮޅުގެ ދަނޑުވެރިން ވެސް އުޅޭނީ ހަމަ ހާލެއްގައެވެ. ދަނޑުވެރިކަން ވެސް މަސް ވެރިކަން ވެސް ޓޫރިޒަމް ވެސް އޮތީ މާލޭ އާއި މާލެ ވަށާ ގެން ތިބި މީހުނަށެވެ.

The name is already taken The name is available. Register?

އަސްލީ

09 November 2019

ކޮބާ އުތުރާއި މެދު ރާއްޖެތެރޭ ރިސޯޓްތަކުގައި އުޅޭ އައްޑޫ މީހުން؟ މިއޮއްތީ ފުރުސަތު. ހަމަ ދާންވީ އަތޮޅަށް.

The name is already taken The name is available. Register?

ޔާސިރު

09 November 2019

އައްޑޫ އައްޑޫ އައްޑޫ ތީ ބޮޑުވަރު! ރާއްޖޭގަ އައްޑޫ ނޫނީ ނެތީތަ؟

The name is already taken The name is available. Register?

ގުލްފިޓް

09 November 2019

އޭ ކަލޭ މައިތިރިވޭ އިނގޭ. ހަސަދަ ލިޔަސް ފުކެއް ބޮޑު.

The name is already taken The name is available. Register?

ހިޔަޅު

09 November 2019

ކަލޯ ޔާސިރު ހަސަދަވެރިކަން ބޮޑު ވިއަސް ފުކެއް ބޮޑުވަރު. ހއ. ޜަށެއްގަ ރިޒޯޓެއް ހަދައި އެ ރިޒޯޓްގެ ޚަބަރު ގެނެސް ދެންޏާ ބުނާނީ ހއ.ރަށެއްގައި ރިޒޯޓެއް ހަދައި ހުޅުވައިފިޔޭ.

The name is already taken The name is available. Register?

ަިަަަިއައްޑޫ

09 November 2019

ޖެލަސް ވީތަ

The name is already taken The name is available. Register?

ކުނިރޮށި

09 November 2019

ނޫނޭ، ބޮޑުތި ލަދުންމަތީގަ 15 ރިސޯޓު ހުޅުވައިފި، 35 ރިސޯޓުގެ މަސައްކަތް އެދަނީ ކުރިއަށް. މިއަހަރު ބޮޑުތި ލަދުންމަތީގެ ބަޖެޓު 1.5 ބިލިއަނަށް އަރާ، އައްޑުއަށް އޮތީ 500 މިލިއަން. ބޮޑުތި ލަދުންމަތީގަ 2 އިންޓަނޭޝަނަލް އެއާޕޯޓާއި 5 ޑޮމެސްޓިކް އެއާޕޯޓު، 2 ޓާޝަރީ ހޮސްޕިޓަލް 5 އަތޮޅު ހޮސްޕިޓަލާއި 65 ސިއްހީމަރުކަޒު، އައްޑޫގަ އެކެއް. ދެނޯ؟؟؟

The name is already taken The name is available. Register?

ހަންކެޑެރާވެރިބޭ

09 November 2019

ރާއްޖޭގައި ހުވަދު އަޓޮޅުން ފެށިގެން އުތުރަށް ހުރިހާ މީހުންވެސް އައްޑޫ ދެކެ ރުޅިއާދޭ، އެކަން ކުރުވީ މާލޭ މީހުން! އައްޑޫއަކީ ރާއްޖޭގައި ތިބި ސިވިލައިޒް ރައްޔިތެއް އޮތްރަށެއް، މާލެ މާލެއަކަށްހެދީވެސް އައްޑޫމީހުން ބޭނުންކޮށްގެން!

The name is already taken The name is available. Register?

ރަބަރު

10 November 2019

ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮންނަނީ އައްޑޫގައި އެހެންވީމަ އެވާހަކަ ދެއްކެނީ.

The name is already taken The name is available. Register?

ޢައްޔުބޭ

09 November 2019

ކިތައްމެ ގިނައިން ރިސީރޓްތައް ހެދިއެއްކަމަކު ވަޒީފާތަކަށް ފިލިޕީނޯ އިންނާއި ބަންގަލާދޭޝް އަދި ސިލޯން މީހުން ނެގުމުން ރައްޔިތުންނަށް އެންމެ ކުޑަ މިނުން ވަޒީފާ ގަޑެއްވެސް ލިބެނީ އެއް ނޫނެވެ. މިއަށްވުރެ ގެސްޓްހައުސްތައް ހަދާ އެކިއެކި ސާރވިސްތައް ރަށުގެ އެކިއެކި ފަރާތްތަކަށް ދެވޭގޮތަކަށް ވަކި މީހަކަށް ރަށް މިލްކް ނުކޮށް ގިނަ ބަޔަކަށް ޓޫރިޒަމްގެ ފައިދާ ލިބޭނަމަ ރައްޔިތުންނަށް މާ ބޮޑަށްވެސް ފައިދާވާނެ.

The name is already taken The name is available. Register?

ަިަަަިއައްޑޫ

09 November 2019

ވ ވިސްނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454