ރެޑްވޭވް އަހަރީ ބާޒާރު މިއަދު ނިމޭނެ!

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ރެޑްވޭވްގެ "އަހަރީ ބާޒާރު" މިއަދު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިއަދުގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށެވެ.

"ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ޒިޔާރަތްކުރަންވީ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި މާލެ އާއި ހުޅުމާލޭގެ ރެޑްވޭވް ފިހާރަތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބެ އެވެ.

ރެޑްވޭވުން ބުނީ ހަތަރު މަސް ދުވަހަށް ކުރިއަށްގެން ދިޔަ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް މިހާތަނަށް ވެސް ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް އަލަށް ތައާރަފްކުރި މޮލްފިކްސް ނެޕީ އާއި ޝާޕް އޭސީ އަދި އައިސްއަލަމާރި ފަދަ ތަކެއްޗަށް ގިނަ ކަސްޓަމަރުންގެ ސަމާލުކަން ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަނުގައި ރެޑްވޭވުން ކުރާ ކޮންމެ 500ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. މި ލަކީ ޑްރޯގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް މީހަކަށް 10،000ރ. ދޭން ވަނީ ހަމަޖެހިފަ އެވެ. އަދި އިތުރު 10 މީހަކަށް ފަރުނީޗަރާއި އިލެކްޓްރޯނިކްސްގެ ތެރެއިން 10 އިނާމެއް ލިބޭނެ އެވެ.

ކޮންމެ ހަފްތާއަކު ރެޑްވޭވްގެ ފިހާރަތަކުން 200ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައި ތިން ނަސީބުވެރިން ވަނީ ހޮވައިފަ އެވެ. އޭގެ ތެރެއިން އެއްވަނަ އަށް 5000ރ، ދެ ވަނަ އަށް 3،000ރ އަދި ތިން ވަނައަށް 2،000ރގެ އިނާމު ވަނީ ދީފަ އެވެ. އަދި މިއާ އެކު، ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ "ޓޮޕް ފޭނުންނަށް" ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރެޑްވޭވް އަހަރީ ބާޒާރުގައި ގުރުއަތުން ހޮވާ ފަރާތްތަކަށް މި މަހު އިނާމު ހަވާލުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.