އއ. ރަސްދޫގެ ގެސްޓްހައުސެއް--ފޮޓޯ: މިހާރު
ކޮވިޑް-19 އާ ގުޅިގެން ބައެއް ރަށްރަށަށް ޓޫރިސްޓުން ގެންދިއުން ހުއްޓާލައިފި އެވެ.
ކައުންސިލްތަކުން އިސްވެ މި ނިންމުން ނިންމަނީ ރަށްރަށުގެ ގެސްޓްހައުސްތަކާ ގުޅިގެންނެވެ. މިގޮތަށް ގެސްޓުން ގެނައުން ހުއްޓާލާފައިވާ އެއްރަށަކީ އއ. ރަސްދޫ އެވެ.
އއ. ރަސްދޫގެ ކައުންސިލް މެންބަރު ހުސައިން ޝިމާއު ވިދާޅުވީ، މި ނިންމުމަކީ ރަށުގެ ގެސްޓްހައުސްތަކާއި ވިޔަފާރިވެރިން ވެގެން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން މިރޭ 12 ގެ ފަހުން އެއްވެސް ޓޫރިސްޓެއް ގެސްޓްހައުސްތަކަށް ނުގެންނަން ވަނީ ނިންމައިފަ އެވެ.
މިވަގުތު އެ ރަށުގެ ގެސްޓްހައުސްތަކުގައި ތިބި ގެސްޓުން ދާން ދެތިން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ ނިޔަލަށެވެ.
ކައުންސިލްގެ މަޝްވަރާގެ މަތިން ނިންމި މި ނިންމުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމި ނިންމުމެކެވެ.
"ރަސްދޫއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިން. މިކަމުން ގެސްޓްހައުސްތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ. އެހެން ނަމަވެސް އެކަން ގުރުބާން ކޮށްފައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމީ،" އޭނާ ވިދާޅުވި އެވެ.
ރަސްދޫގައި 34 ގެސްޓްހައުސް ހިންގާ އިރު 450 އެނދު އެ ރަށުގައި ހުރެ އެވެ.
މީގެ އިތުރުން ބ. ފެހެންދޫން ވެސް ވަނީ އެރަށަށް ގެސްޓުން އެ ރަށަށް އެރުވުން ހުއްޓާލައިފަ އެވެ. އެ ރަށުގެ ތިން ގެސްޓްހައުސްގެ މަޝްވަރާއާ އެކު ނިންމި މި ނިންމުމަކީ ރަށުގެ ސަލަމާތަށް އެޅި ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެ އެވެ. އއ. ތޮއްޑޫން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެސްޓްހައުސްތަކުގެ އެއްބާރުލުމާ އެކު އިތުރަށް ރަށަށް ގެސްޓުން ނުގެންނަން ނިންމައިފަ އެވެ. ގއ. ގެމަނަފުށިން ވެސް ވަނީ މި ދުވަސްވަރު ސަފާރީތަކުން ގެސްޓުން އެ ރަށަށް ނުފޭބުމަށް އިލްތިމާސް ކޮށްފަ އެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހަކީމް
15 March 2020
ގިނަ ގެސްޓްހައުސް ތަށް މިހާރުވެސް ހުރީ ހުހަށް.
މާފުށި ރައްޔިތެއް
15 March 2020
އުންމެންހުއްޓާލިޔަސް މާފުއްޓައް ގެސްޓުންނަށްއެރޭނެ ފައިސާއަށްބޫތުކެޔަސްބޮޑުވަރު..
ޅީހޙަ
15 March 2020
ޜިސޯޓު ތަކުން ސުޓާފުން އެހެން ރައްރަށައް ނުދޭވޭ އެކަމަކު ގެސްޓުހައުސް ހިނގާ ރައްތަކުގެ މީހުން ހުރިހާތަނަކައް ދެވޭ މިކަން ހުއްޓުވާ މީ މީހެއްގެ ވިޔަފާރިޔަކައް ބަލަންވީ ވަގުތެއް ނޫން