އިހްސާން ފިހާރަތަކުން ޑެލިވަރީ ކޮށްދެނީ

ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ އިހްސާން ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭން ނިންމައިފި އެވެ.


މާލޭގައި ބޮޑު ތިން ފިހާރަ ހިންގާ އިހްސާން ފިހާރަތަކުން ބުނީ، ކޮވިޑް-19 އާ ގުޅިގެން އާންމުން ގޭގާއި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން މިދުވަސްވަރު އާންމުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން 100ރ. އިން މަތީގެ ހުރިހާ ވިޔަފާރިއެއް ޑެލިވަރީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ޑެލިވަރީގެ ހިދުމަތް ދެނީ ހެނދުނު 09:00 ން ރޭގަނޑު 10:00 އަށެވެ. މާލޭގެ ކޮންމެ ތަނަކަށް އިހްސާނު ފިހާރައިން ޑެލިވަރީ ކޮށްދޭ އިރު 7291003 އަށް ވައިބާއިން މެސެޖުކޮށްގެން ޑެލިވަރީގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.

އޯޑަރު ދޭ އިރު ބޭނުންވާ އައިޓަމާއި އެޑްރެހާއި ފޯނު ނަންބަރު ވައިބާކޮށްލެވޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުން އެއްވެ ނޫޅުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ފިހާރަތަކާއި ރެސްޓޯރެންޓްތަކުން އަންނަނީ ޑެލިވަރީގެ ހިދުމަތް ދެމުންނެވެ. ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.