ގޭތެރެ ޑިސް އިންފެކްޓް ކުރަން ބޭނުންތަ؟ ޕެސްޓްއެކްސް އަށް ގުޅާލާ

ކޮވިޑް-19 ގެ ސަބަބުން ވައިރަސް ފެތުރުން ހުއްޓުވުމަށް ގެއާއި އޮފީސްތައް ޑިސް އިންފެކްޓް ކުރުމުގެ ހިދުމަތް ޕެސްޓްއެކްސް މޯލްޑިވްސް އިން ފަށައިފި އެވެ.


ޕެސްޓްއެކްސް އިން ބުނީ މި ދަނޑިވަޅު ގެއާއި މަސައްކަތް ކުރާ މާހައުލު ސާފުކޮށް ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީ ޑިސްއިންފެކްޓު ކުރުމުގެ ހިދުމަތް ދޭން ނިންމީ ކަމަށެވެ. މި ހިދުމަތުގެ އިތުރުން އަމިއްލަ އަށް ޑިސްއިންފެކްޓު ކުރަން ބޭނުންވާ މީހުންނަށް ކެމިކަލް ވެސް އެ ކުންފުނީގެ ފިހާރައިން ލިބޭނެ ކަމަށް ޕެސްޓްއެކްސް އިން ބުންޏެވެ.

ޕެސްޓްއެކްސް އިން ވިއްކާ ކެމިކަލް ބޭނުންކޮށްގެން ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: ޕެސްޓްއެކްސް

މި ހިދުމަތް ހޯދަން ބޭނުވާ ފަރާތްތަކުން އެ ކުންފުނީގެ ނަންބަރު 3338009 އަދި 7783081 އަށް ގުޅާލުމުން ހިދުމަތް ލިބޭނެ ކަމަށް ވެސް ޕެސްޓްއެކްސް އިން މައުލޫމާތު ދެ އެވެ. އެ ކުންފުނިން ވަނީ މި ދަނޑިވަޅުގައި ސާފުތާހިރު ކަމަށް އިސްކަންދިނުމަށް އެދިފަ އެވެ.

ޕެސްޓްއެކްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހިދުމަތް ދޭ ކުންފުންޏެކެވެ. ވިހި އަހަރުގެ ތަޖުރިބާ ލިބިފައިވާ މި ކުންފުނިން ދަނޑުވެރި ކަމަށް ބޭނުންވާ ގަސްކާނާ، ކެމިކަލްސް އަދި ޕްރޮފެޝަނަލް ކްލީނިން، ހައިޖީން ކެމިކަލްތައް ލިބެން ހުންނާނެ އެވެ.