އިއްޔެ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/މިހާރު
އައިލެންޑް އޭވިއޭޝަންގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އަމިއްލަ އަށް ނޯ ޕޭ އަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިއްޔެ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ނުވަތަ ކުންފުނީގެ މުވައްޒަފުން ވަކި ނުކުރި ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ނުހިނގާ ގޮތަށް ޗުއްޓީ ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް މި ވަގުތަށް ނޯޕޭ ލީވަށް ދާން ބޭނުންވެފައިވާ ވަނީ ކިތައް މީހުން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ ބޯޑުގެ މެންބަރުންނާއި އިސް މެނޭޖްމެންޓްގެ މުވައްޒަފުންގެ މުސާރަ 20 ޕަސެންޓަށް ކުޑަ ކުރަން ނިންމައިފަ އެވެ.
މީގެ އިތުރުން ގޭގައި ވެސް ގިނަ ބަޔަކު މިހާރު މަސައްކަތް ކުރަމުންދާތީ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ލުޔެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
"އޮފީހަށް މުވައްޒަފުން ނާންނާތީ ކަރަންޓު ބިލާއި ފެން ބިލު ވެސް ކުޑަވާނެ. ހަފްތާއަކު ތިން ދުވަހު ނުކުންނަ މުވައްޒަފުން ވެސް އުޅޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭ އިރު ބައެއް މުވައްޒަފުން އޮފީހަށް ދަނީ ހަފްތާއަކު ތިން ދުވަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ބަޔަކީ ދުނިޔޭގެ އެއާލައިން ކުންފުނިތަކެވެ. އައިލެންޑް އޭވިއޭޝަންގެ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ހުއްޓާލާފައިވާ އިރު އެ ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މި ވަގުތަށް ވެސް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އިސް ސަރުދާރު
08 April 2020
ބޭކާރު މީހުން ވަރަށް ގިނަ ތިތާ މަތި ފަޑީގަ، އެމީހުން ނޯޕޭ އަށް ފޮނުވީމާ ހާދަ ހަރަދެއް ކުޑަވާނެއޭ، މީޑިޢާ ކަންތައް މަބްރޫކާއި ހަވާލުކޮއްފަ މޫސަ ވެސް ދޭ ނޯޕޭއަށް ، މަބްރޫކް ދޭނެ މޫސަ އަށް ވުރެ ފުރިހަމައަށް ޖަވާބު
ސުހައިބު.
08 April 2020
އެންމެ ފުރަތަމަ މަ ސުވާލު އުފެދޭ މި މޫސާވަސީމު މީ ކީއްކުރާ މީހެއްހޭ އެތާގަ. އެވިއޭޝަންގެ އެއްވެސް މައުލޫމާތެއް އިލްމެއް ހުރިމީހެއްނުން. ބޭކާރު ބޮލެއް. ތީނަގޮސްގެން ޖެއްސި ޕީއާރެއް މަށެއްނުދެކެން.
ރެޓޭ
07 April 2020
ފުރަތަ މަ ކުރަންވީ ކަ މަކީ ވިޔަފާރި ކުރާ ކުންފުންޏެއް ހިންގޭނީ އެކަ މުގެ ޢިލް މާއި ހިލް މު ހުރިބަޔަކަށްކަން ދަނެ، އެ ސިފަތައްނެތް މީހުން އެބަޔަކު އަ މިއްލައަށް މިވަގުތު ކުންފުނިން ދުރަށް ޖެހެންވީ! މި ފަދަ ކުންފުނިތައް ހިންގަން އެކްޓިވިސްޓުންނާއި، ޖޯކަރުންނާއި، ކޮ މޭޑިޔަނުން ތިބޭ ގައު މެއް މި ނޫނީ ނުފެނޭ!
ބޮޑުމީހާ
07 April 2020
ތިތާގެ މެނޭޖްމަންޓް ނޯޕޭގަ ތިބިއްޔާ ކީއްތަވާނީ. ލައްކައިން މުސާރަ ލިބޭއިރު ގާއިމު ކުލިވެސް ދެއްކޭނެ، އާދައިގެ މުވައްޒަފު ނޯޕޭއަށް ގޮސްގެން ކިހިނެއް ކުލި ދައްކަނީ
ޢާދަނު-2
07 April 2020
މިދުވަސްވަރާބަލާފަ ރަގަޅުނިންމުމެއް.
ޑެބީ
07 April 2020
ހަމައެކަނި ހުނޭނުގެ މުސާރަ ކަންޑާލިޔަސް ތިޔަ ކުންފުނި ސަލާމަތް ކުރެވޭނެ. މިކޮމެންޓު ކިޔާފަ އަސަރޭ ބަޔަކު މީހުނަށް ޖެއްސުން ކުރާނެ ކަމަށް ލަފާކުރެވޭ.
އޯކޭ
07 April 2020
އަމިއްލަޔަށް ބޮޑުކުރި ބޯޑުމެމްބަރުންނާ އެމްޑީތަކާ އެންމެންގެ މުސާރަ ކުޑާކޮށޤބަލަ، އެކަމާ ނޫޅެ އަދިވެސް އެހެންވާހަކައެމިދައްކަނީ،،، ލަދުހަޔާތުގެ ކަންފުޅެއްވެސްނެތެއްނުން ދޯ!/ މިސަރުކާރުގެ ސިޔާސަތު މިކަހަލަ މަދުބައެއްގެ ސަބަބުން އެބަ ހަލާކުވޭ. އަގުވެއްޓޭ އެބަ.
ހުދަންބަރު
07 April 2020
"ހުރިހާ ދިވެހިން އެނބުރި ގެންނަން ދެން މަސައްކަތް ހުއްޓާނުލާނަމޭ" ބުނާއިރު ހީވާނީ ދެން ކުރަން ހުރިހާ ކަމަކީ އެއީ ހެން. ދެން ކުރަންޖެހޭ އިތުރު އެއްވެސް ކަމެއް ނެތް ހެން.
ޖޫން
07 April 2020
ތިޔަ ތަނުގެ އިސްވެރިން (ރައީސް ނަޝީދުގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން) ނޯ ޕޭލީވް ނަގަންވީ ނޫންތޯ؟ ބޯހަލާކު!! އެކިޔާ ޖެނީ އަކީ ކޮން ކަމެއް ކުރާމީހެއް!
ކޭކުބެ
07 April 2020
"ބަންދު ކޮށްފައެއް ނޫން. އެކަމަކު ނުކުތުން މަނާ." ހަމައެގޮތައް ދެއްތޯ؟