ޖީއެސްޓީގެ ގޮތުގައި މި މަހުގެ ފުރަތަމަ ހަފުތާއާ ހަމައށް ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ. --ފޮޓޯ/މިހާރު
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑަށް ދަށްވެފައި ވަނީ ޖީއެސްޓީން ލިބުނު އާމްދަނީން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ލިބުނީ މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު 904 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ހަފްތާއާ ހަމަޔަށް ދައުލަތަށް ޖީއެސްޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާ އެވެ. އަދި އާންމު މުދަލުން ލިބުނު އާމްދަނީ އުޅެނީ 714 މިލިއަން ރުފިޔާގަ އެވެ.
ޖީއެސްޓީގެ އިތުރުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވުމުގެ އިތުރުން ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސް ލޮކްޑައުން ހާލަތުގައި ބަންދުކޮށްފައި ހުރުމެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ޓެކުހުން ލިބުނީ 4.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 6.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސް ނޫން އެހެން ހުރިހާ ޓެކުހުން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 5.8 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އައްޔު
19 May 2020
މިއަންނަ ކުއާރޓަރގައި އަދި ލިބޭނެ އެކައްޗެއްވެސް ނުހުންނާނެ ޖީ އެސްޓޯ އަކަށް، މިހާ ބޮޑު ލޮކްޑައުން އެއް ނާޅުއްވާ އަވަހަށް އެހެން ޤައުމުތަކާ އެއްވަގުތެއްގައި ބޯޑަރ ހުޅުއްވުން ރަގަޅު. ރާއްޖޭގެ އިކޮނޮމިސްޓުން ފާޑު ފާޑުގެ އިންޑަސްޓްރީ ޖަހައިގެން އުޅުނެއްކަމަކު މިތަނަކީ ޓޫރިޒަމް އާއި ފިޝިންގ ނޫން އެއްކަމެއްވެސް އޮތްތަނެއް ނޫން. 90% އަކީ ޓޫރިޒަމް، ފިޝިންގ ވެސް މިހާރު ބޮޑަށް ބަރޯސާވަނީ ޓޫރިޒަމަށް ސަޕޯރޓްކުރަން.
ހިތާމަކުރަން
19 May 2020
ފެން ބިލް ކަރަންޓް ބިލް ހިލޭ މިދުވަސް ކޮޅު ދޭންޖެހޭނެ. ކޮންމެ ރައްޔިތަކައް ހަނޑޫ ހަކުރު ފުށް ގޭސް ފުޅި ރޯމަސް ދޭންޖެހޭނެ. ތިކުރާ މަކަރު ހަރަދު ނުކޮށް މިކަންކަމަށް ކޮށްދިނުމަކީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައް. ސީއެންއެން ބަލާލިޔަސް ދުނިޔޭގަ ކަންކުރާ ރީވެތިކަން ހެޔޮކަން ފެނި ލަދުގަނޭ. ޗައިނާގަ 8 މިލިއަން މީހުން 10 ދުވަސްތެރޭ ޓެސްޓްކުރަން ފަށަނީ. މިތަނުގަ 350000 2 މަހުންވެސް ނުވޭ. ދިވެހިން ވިސްނާ ފިކުރުކުރޭ، އެޅިހާ ބަތަކަށް ރިހަނުވޭ. ލަދުވެތި