ކަނޑު މަސް ހިފައިގެން މަސްވެރިއަކު ދަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
މާލޭގެ ލޮކްޑައުންއަށް ލުޔެއް ދިން ނަމަވެސް މަސް މާރުކޭޓަށް މަސް ގަންނަން ދާން ހުއްދަ އަދި ނުދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމާޖެންސީ އޮޕްރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން ލޮކްޑައުންއަށް ލުއިދީ މާރުކޭޓު ހުޅުވާލި ނަމަވެސް އެތަނަށް ގަސްގަންނަން ދިއުމުގެ ހުއްދަ މި ވަގުތަށް ނުދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާރުކޭޓުން ޑެލިވަރީގެ ހިދުމަތް ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޝިފާ ވިދާޅުވީ މަސްމާރުކޭޓަށް ދާން ހުއްދަ ނުދޭން ނިންމީ އެ ސަރަހައްދަކީ ގިނަ ބަޔަކު އެއްވެ އުޅޭ ސަރަހައްދަކަށްވާތީ ކަމަށެވެ. އަދި މި ދަނޑިވަޅު ގިނަބަޔަކު އެ ގޮތަށް އެއްވެ އުޅުމަކީ އެޗްޕީއޭ އިން ވެސް ހުއްދަ ދޭކަމެއް ނޫން ކަމަށާއި މިކަމަށް ރައްޔިތުންް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
"މާރުކޭޓު ސަރަހައްދަށް ދިއުމުގައި އަދި އެ ފުރުސަތު ހުޅުވާލައިފައެއް ނެތް، މިދެވޭ ކުޑަކުޑަ ފުރުސަތުގެ ތެރޭގައި ވެސް،" ޝިފާ ވިދާޅުވި އެވެ.
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ އެކު މާލެ އާއި ހުޅުމާލޭގެ ހުރިހާ މާރުކޭޓެއް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މަސް ވިއްކުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާ ތެރޭ ޑެލިވަރީ ކުރަން ހުއްދަ ދޫކުރަން ފަށައިފަ އެވެ.
މަސް މާރުކޭޓު އަލުން ބޭނުން ކުރުމަށް ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ސާފުކޮށް ޑިސްއިންފެކްޓް ކޮށްފަ އެވެ. އަދި އިއްޔެ އިން ފެށިގެން މަސްވެރިންނަށް މާރުކޭޓު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުމާނީ
30 May 2020
ލުއި ދިންވާހަކަ ނުދައްކާ...ކުރިން ހަފްތާއަކު 1ދުވަހު ދެވުނު މިހާރުވެސް އެހެން...ގޭގައި ނެތް ބާޒާރުކުރަން އިތުރު މީހަކު..މަށަށް ހުއްދަދޭނީ 1ދުވަހު..ދެން ޖެހެނީ މުސްކުޅި މަންމަ ނޫނީ ބައްޕަ ނެރެން..
އާޕިސް
30 May 2020
ލުއި އަކީ ވިޔަފާރި ވެރިއާއަށް ލިބުނު ލުއިއެއް އިތުރު އެއްވެސް ލުއިއެއް ނުލިބޭ
ހޭބަލިމިތުރު
30 May 2020
ތިޔަތަނައްގޮސް މަސްގަންނައިރުވެސް އޮޅުވާލާފަ ކުނި މަސް ވިއްކާބައެއް، ގުޅައިގެން ކޮން ތާޒާ މަހެއްތޯލިބޭނީ؟. މިވީ ހަ މަ އެން މެގޮތެއް، ވަކިބަޔަކު މަސްތައްގަނެގެން ބޮޑުފައިދާގަ ފިހާރަތަކުގަޔާ ޑެލިވެރީ އައް ލިބޭ ފައިދާއިން ކަޓެއްލިބެނީތޯ؟. ނޫނީ ތިޔަތަނުގަ ހުއްދަދީފަ އޮނަނަބަޔަކު ދަންޏާ ތޮއްޖެހެންވީ ކީއްވެތޯ؟.
ތާފަނާ
30 May 2020
ތެދެއް ތިބުނީ..މަސްވެރިންނަށް ޑެލިވަރީ ކުރުމުގެ ހިދުމަތް ނުދެވޭނެ.. ޑެލިވަރީ ހިދުމަތްދެނީ މަސްވެރިންއަތުން މަސްގަނެ ގުދަންކޮށްގެން ތިބި މީހުން...މަސްގަނޑުކޮށްގެންވެސް ނޫން ތިބެނީ..ލެޔާއިއެކު ހުންނަ އައިސްފެން ފޮއްޓަކަށް މަސްއަޅައިގެން ތިބެ ގުޅީމަ ކަނޑައިގެން ގެންދަނީ.. މަސްވެރިންއަތުން މަސްގަނެ ކުނިމަސް ވިއްކާމީހުނަކީ ކައުންސިލުން ވަރަށް ގަދަރުކުރާބައެއް..ކީއްވެކަން އެނގޭނީ އެމީހުނަށް..
ގަޓް ބްރޯ
30 May 2020
މި ލޮކްޑައުން ގެ ހުރިހާ ކަމެއް ފޭއިލް ވަމުން ދާތަން މިހާރުވެސް ވަރަށް ރީރިކޮށް އެބަ ފެނޭ. ހުރިހާކަމެއް ބޮއްސުންލާ ގޮތް ހުސްވެ މަޖުބޫރުވެގެން ލޮކްޑައުން އުވާލަން ޖެހުނީމަކާ މާ ތާހިރެއް ނުވާނެ. ބައެއްގެ ނާގާބިލްކަމާ ރޭވުންތެރިކަން ނެތްކަން ރައްޔިތުންނަށް ހާމަވާނީ ދެން މިހާވަރަށް.
ބިރު ކުޑޭީ؟
30 May 2020
ފާއިތުވެ ދިޔަ ހުރިހާ ލޮކްޑައުނަށް ވުރެ މި ލޮކުޑައުން ހަރުކަށި ކުރުމަށްޓަކައި އިރު އިރު ކޮޅުން ޓީވީ އަށް އެބަ އަރާ