ވިޔަފާރި / ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމާ ބެހޭ ހުރިހާ ފެސިލިޓީއެއް މިނިސްޓްރީގެ ޕޯޓަލްގައި ރަޖިސްޓަރީވާން އަންގައިފި

ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެއް: ޓޫރިސްޓު ފެސިލީޓީތަކުގެ ތެރޭގައި ރިސޯޓާއި ސަފާރީއާއި ގެސްޓުހައުސް ހިމެނޭ--

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހިއްސާ ކުރުމަށް ހުރިހާ ޓޫރިސްޓު ފެސިލިޓީތަކުން ޓޫރިޒަމް މިނިސްޓްރީގެ "ޓޫރިޒަމް އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓީމްސް)" ޕޯޓަލްގައި ރަޖިސްޓަރީވާން އަންގައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމު ކުރި "ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާ ބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުގައި މިހާރު އެ ޕޯޓަލްގައި ރަޖިސްޓަރީ ނުވެ ތިބި ފެސިލިޓީތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ވާން ޖެހޭނެ އެވެ. މި ގަވާއިދުގެ ދަށުން ހިއްސާ ކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ޕޯޓަލްގައި ހިއްސާ ކުރަން ޖެހޭނެ އެވެ.

ގަވާއިދުގެ ދަށުން ޓޫރިސްޓު ފެސިލިޓީތަކުން މިނިސްޓްރީއާ ހިއްސާ ކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތާއި ދާއިރާ ކުރިއެރުވުމަށް އެ މިނިސްޓްރީން ބޭނުންވާ މައުލޫމާތު ހިމެނެ އެވެ. މީގެ އިތުރުން އެ މިނިސްޓްރީން މިހާރު ނަގަމުން އަންނަ މައުލޫމާތުތައް ވެސް ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރަން ޖެހޭނެ އެވެ. ޓޫރިސްޓު ފެސިލިޓީތަކުން މިގޮތަށް ހިއްސާ ކުރާ މައުލޫމާތުތައް މިނިސްޓްރީން އާއްމު ކުރެވޭނީ ހުރިހާ ފެސިލިޓީތައް އެއްކޮށް ޖުމްލަ ހިސާބުތަކެއްގެ ގޮތުގަ އެވެ.

މިނިސްޓްރީ އަށް ބޭނުންވާ މައުލޫމާތު ހިއްސާ ނުކުރާ ފެސިލިޓީތައް ޖޫރިމަނާ ކުރާނެ ކަމަށް ވެސް މި ގަވާއިދުގައި ވަނީ ބުނެފަ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފުވާ ފެސިލިޓީއެއް، އެ ފެސިލިޓީއެއްގައި ހުރި ކޮންމެ އެނދަކަށް 100ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެވަނަ ފަހަރަށް ކޮންމެ އެނދަކަށް 250ރ. އިން ޖޫރިމަނާ ކުރާއިރު ތިންވަނަ ފަހަރަށް ގަވާއިދާ ހިލާފުވުމުން އެނދަކަށް 500ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން ޖެހިޖެހިގެން ތިން ފަހަރަށްވުރެ ގިނައިން މި ގަވާއިދާ ހިލާފުވާނަމަ ކޮންމެ އެނދަކަށް 1،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ. މިގޮތަށް ޖޫރިމަނާ ކުރާއިރު އެންމެ ގިނަވެގެން އެ ފެސިލިޓީއަކުން ނެގޭނީ 100،000ރ. ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

މި ގަވާއިދުގެ ދަށުން ޖޫރިމަނާގެ ކަންތައް ބަލަހައްޓާނީ މީރާއިންނެވެ. ނަމަވެސް އެއްވެސް ފެސިލިޓިއަކުން ޖޫރިމަނާ ނުދައްކާނަމަ އެ ފެސިލިޓީއަކަށް ދީފައިވާ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބޭނެ އެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުށާސީ2020

02 June 2020

100ރ 200ރ މިއީ ބޮޑެތި މަލްޓިމިލިއަން ޑޮލަރުން ހިންގާ ރިސޯޓްތަކަށް ޖުރިމާނާގެ ގޮތުގައި ޕީނަޓްސްގެ ވެސް ޕީނަޓްސް. ލާހިކެއް ނޫން މިގަވާއިދު ތަންފީޒުވާކަށް މިގޮތަށް އޮއްވާ. ތަފާސްހިސާބެއްވެސް ނުދޭނެ....މިރާއްޖޭގެ ރިސޯޓް ހިންގާ ކާޓެލްތަކުން އެއްވެސް ކަމެއް ދެފުށް ފެންނަ ގޮތަކަށް ކުރަން ބޭނުންވާ ހެނެއް ހިއެއް ނުވޭ. ރިސޯޓެއްގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދު، ބޭރުމީހުންގެ އަދަދު، މުސާރަ..އައި މީހުން ފުރި މީހުން....މިނުންތޯ އިނގެންޖެހޭ އެއްޗަކީ؟

The name is already taken The name is available. Register?

ރަފްރަފް

02 June 2020

މީގައިނެތް ޕެންޝަންޑްގައި ބައިވެރިވާކަށް..ހަނދާން ނެތުނީތަ؟

The name is already taken The name is available. Register?

އަހުމަދު ނަރީމްބެ

02 June 2020

މިހާރުން ތަންކޮޅެއް ތަންދޮނު ދަނަން ވެއްޖެ. ތިޔަ އެއްޗެއްގަ އަހަރެމެން ރަޖިސްޓްރީ ވެގެން ފޮނުވާތާ. 15 އަހަރު ވެއްޖެ. މީ ސުރުހީ ހަދަންވީ ކަމެއް ނޫން.

The name is already taken The name is available. Register?

އުދުހޭ

02 June 2020

ޓޫރިޒަމަށްވުރެ މިހާރު ގިނަ ފައިސާ ސަރުކާރަށް ލިބެނީ ކާފިއު ހިންގައިގެންކަމަށް ފެންނަހިނދު ފާޑުފާޑުގެ ނަންނަމުގައި ކުރެވޭ ޖޫރިމަނާތަށް އިތުރުވަމުންދާތަން އެބަފެނޭ. ޑަބަލް އެނދު ހުންނަ 3 ކޮޓަރީގެ ގެސްޓްހައުސް ހިންގާ މީހާ 6،000 ރުފިޔާރިން ޖޫރިމަނާކުރަަން ސަބަބަކަށް މައުލޫމާތު ހިއްސާނުކުރުން މިއީ ބަލައިގަންނަން ހިތަށް ފަސޭހަކަމެއްނޫން. މިނިސްޓްރީން މީހަކު ފޮނުވައިގެން މައުލޫމާތު ހޯދުން ކިހިނެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!