އެމިރޭޓްސް އިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށަނީ

މި މަހުގެ ތެރޭގައި އެމިރޭޓްސް އިން ރާއްޖެ އަށް ކާގޯ ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.


އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީގެ ރާއްޖެއާއެކު އިތުރު 100 މަންޒިލަކަށް ކާގޯގެ ހިދުމަތް ފަށާނެ ކަމަށެވެ. މީގެ ތެރޭގައި މޮސްކޯ އާއި ޓިއުނިސް އާއި ރޯމް ފަދަ މަންޒިލްތައް ހިމެނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ އެއާލައިންތަކުގެ ދަތުރުތައް އޮތީ ހުއްޓިފަ އެވެ. ނަމަވެސް އަލުން ދަތުރުތައް ފަށައި ކާގޯ ހިދުމަތް ފުޅާކުރަން ނިންމީ ގިނަ ގައުުމުތަކުގެ އިގްތިސާދު ރަނގަޅުވެ ކާގޯގެ ހިދުމަތް އިތުރަށް ބޭނުންވާތީ ކަމަށް އެމިރޭޓްސް އިން ބުންޏެވެ. އެގޮތުން ކޮންމެ މަންޒިލަކަށް ޑެއިލީ ފްލައިޓުތައް ނުވަތަ ވީކްލީ ފްލައިޓެއް ޝެޑިއުލް ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީީ ބުނެފަ އެވެ.

އެމިރޭޓްސް އިން ޑެއިލީ ކާގޯ ފްލައިޓުތަކުގެ އިތުރުން ޗާޓަރުކޮށްގެން ވެސް ކާގޯގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. މިއީީ މި ވަގުތު ބޭނުންވާ މެޝިނަރީތަކާއި ބޭހުގެ ބާވަތްތަކުގެ އިތުރުން ކާނާގެ ބާަވަތްތައް ކާގޯޯ ކުރުމަށް ދޭ ހާއްސަ ހިދުމަތެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެ އެއާލައިނުން މިހާރު ވެސް އަންނަނީ 30 މަންޒިލަކަށް ކާގޯ ދަތުރުތައް ކުރަމުންނެވެ. މި ދަތުރުތަކަށް ބޭނުންކުރަނީ ބޮއިން 777 މަރުކާގެ ބޯޓު ކަމަށް އެ އެއާލައިނުން ބުނެ އެވެ.

އެމިރޭޓްސްއިން ކާގޯ ދަތުރުތަކުގެ އިތުރުން ދުބާއީއާ ރާއްޖެއާ ދެމެދު ޕެސެންޖާ ފްލައިޓުތައް ވެސް ފަށަން ވަނީ ނިންމާފަ އެވެ. އެގޮތުން އެ އެއާލައިންގެ ފުރަތަމަ ފްލައިޓު ޝެޑިއުލް ކޮށްފައިވަނީ ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު މި މަހުގެ 16 ވަނަ ދުވަހަށެވެ.