ދަރަނބޫދޫ ބަނދަރުގެ 33 ޕަސެންޓް ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިން ވަރަށް ފަޅުފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް ނިމިއްޖެ އެވެ.


މި މަޝްރޫޢުގެ ދަށުން 46،600 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް ފަޅުފުންކުރުމާއި، 410 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 196 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓު އެޅުން ހިމެނެ އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރު ހެދުމާއި ފަޅު ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.