ދިރާގު ހެޑް އޮފީސް-- ފޮޓޯ: މިހާރު
ދިރާގު ޓީވީގެ ހިދުމަތާއި ހަލުވި ސްޕީޑުގައި އިންޓަނެޓް ފޯރުކޮށްދޭ ފައިބަ ބްރޯޑްބޭންޑް ހިދުމަތް ލ. މާވަށަށް ތައާރަފް ކޮށްފި އެވެ.
މި ހިދުމަތަކީ ދިރާގުން ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ގޮތުން މާވަށަށް ތައާރަފު ކުރި ހިދުމަތެކެވެ. އެގޮތުން، ދިރާގު ފައިބަ ބްރޯޑް ބޭންޑް މެދުވެރިކޮށް ތަފާތު އަގުތަކުގައި ޑޭޓާ އެލެވެންސް ޕެކޭޖުތައް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވެންސް ހިމެނޭ ޕެކޭޖު މި ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއާ މެނޭޖަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އެ ކުންފުނިން އަންނަނީ މި ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް ވެސް އިތުރު ކުރަމުންނެވެ. މީގެ ތެރޭގައި އިންޑިއާގެ މަޝްހޫރު "ސްޓާ" ނެޓްވޯކްގެ ޗެނަލްތަކާއި "ސޮނީ"ގެ ޗެނަލްތައް ވެސް ދާދިފަހުން ވަނީ ތައާރަފުކޮށްފަ އެވެ. އެހެންކަމުން ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއް ނެތި މިހާރު މާވަށުގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ރާއްޖޭގެ 60 ރަށެއްގެ 75 ޕަސެންޓް ގޭބިސީތަކަށް ފައިބާ ބްރޯޑް ބޭންޑުގެ ހިދުމަތް ދެމުން އަންނައިރު ދިރާގު ޓީވީގެ ހިދުމަތް ދެމުން އަންނަނީ 53 ރަށެއްގެ 73 ޕަސެންޓް ގޭބިސީތަކަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވަރަށް ސަލާމް
22 July 2020
ތިއޭ މައްސަލަ އަކީ. ކޮބާ ހިތަދޫ ކުނަހަންދޫ.. ދެފަހަރު ބަދަރު ބަދަރު ހަދަނީ ވެސް ތި ރަށުގައެވެ. ނަރުދަމާ ވެސް ތިރަށުގައެވެ. ބިން ހިއްކުން ވެސް ތި ރަށުގައެވެ. އޭޓީއެމް ވެސް ތިރަށުގައެވެ. ހޮސްޕީޓަލް ވެސް ތި ރަށުގައެވެ.ދެން ކޮބާ އަހަރެމެނަށް..