އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު

އުރީދޫގެ ޑިޖިޓަލް ވޮލެޓު، އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.


އަޟްހާ އީދާ ދިމާކޮށް އުރީދޫން ފެށި މި ޕްރޮމޯޝަންގެ ދަށުން އެމްފައިސާގެ "ސެންޑް މަނީ" ފީޗާ ބޭނުންކޮށްގެން ތަފާތު ފަސް އެމްފައިސާ ވޮލެޓަކަށް 50ރ. އިން މަތިން ޓްރާންސްފާ ކުރާ މީހުންގެ ތެރެއިން ތިން ނަސީބުވެރިއަކަށް 3000ރ. ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ 11:30ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިން އަންނަ މަހުގެ ފަސް ވަނަ ދުވަހު އާއްމުކޮށް އިއުލާން ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ އެމްފައިސާގެ "ސެންޑް މަނީ"ފީޗާ އަކީ އެމްފައިސާގެ އެއް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ޓްރާސްފާ ކުރުމަށް ބޭނުންކުރާ ފީޗާ އެކެވެ. އެހެންކަމުން އީދު ދުވަހުގެ ތަހުނިޔާއާ އެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނާއި ރައްޓެހިންނަށް އީދު ހަދިޔާގެ ގޮތުގައި ވެސް ފައިސާ ޓްރާންސްފާ ކޮށްލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ މައި އުރީދޫ އެޕް މެދުވެރިކޮށް އެމްފައިސާ ބޭނުން ކުރެވޭނެ--

އެމްފައިސާ މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުމާއި އުރީދޫ ބިލުތަކުގެ އިތުރުން ކަރަންޓާއި ފެން ބިލަށް ވެސް ފައިސާ ދެއްކޭނެ އެވެ. އަދި ރެސްޓޯރެންޓުތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމާއި ކެންސާ ސޮސައިޓީ އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ.

އުރީދޫގެ އެމްފައިސާގެ ހިދުމަތް އެކުންފުނީގެ "މައި އުރީދޫ" އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ މޯބައިލް އޮޕަރޭޓަރެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެގޮތުން، މި ޑިިޖިޓަލް ވޮލެޓަށް ބީއެމްއެލް އާއި އެމްއައިބީ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިންޓަނެޓް ބޭންކިން ހިދުމަތް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އެވެ.