އިންޑޯ މިލްކުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އިންޑޯ މިލްކުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް އެމްޔޫ ސްޓޯރުން ފަށައިފި އެވެ.


މި ޕްރޮމޯޝަންގެ ދަށުން އިންޑޯ މިލްކް ޕެކެޓުގައި ފޮރުވިފައިވާ ހާއްސަ ލަކީ ސްޓިކާއެއް ހޯއްދައިގެން 1،000ރ. ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި އިންޑޯ މިލްކް ޕެކެޓެއް ގަތުމަށް ފަހު އެ ޕެކެޓުގެ ފުލުގައި އިއްނަ "ކަން" ހުޅުވާލުމަށް ފަހު ހާއްސަ ސްޓިކާއެއް ފެނިއްޖެ ނަމަ ފޮޓޯއެއް ނެގުމަށް ފަހު 7364747 އަށް ވައިބާ ކުރާނީ އެވެ. މިގޮތަށް ވައިބާ ކުރުމުން ފައިސާގެ އިނާމް ހޯދުމަށް އަންނަންވީ ތަނަކާއި ގަޑިއެއް އެމްޔޫ ސްޓޯރުން އެފަރާތަށް އަންގާނެ އެވެ.

އިނާމް ހޯދުމަށް އަންނަ އިރު ސްޓިކާ ޖެހި ޕެކެޓް ގެންނަށް ޖެހޭނެ ކަމަށް އެމްޔޫ ސްޓޯރުން ބުނެ އެވެ. އިނާމް ބަލައި އެހެން މީހަކު ފޮނުވާ ނަމަ އެ މީހެއްގެ އައިޑީ ކާޑު ގެންނަން ޖެހޭނެ އެވެ. އަދި އިނާމް ލިބުނު މީހާގެ އައިޑީ ކާޑުގެ ހާޑް ކޮޕީއެއް ނުވަތަ ސޮފްޓް ކޮޕީއެއް ވެސް ގެންނަން ޖެހޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

މި ޕްރޮމޯޝަނުގައި އިންޑޯ މިލްކްގެ ހުރިހާ ސައިޒަކާއި ހުރިހާ ފްލޭވާއެއްގެ ޕެކެޓް ވެސް ހިމެނޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށެވެ.